logoEN
cocacola
ވެރިކަން ކުރަން ޖެހޭނީ މާލޭ މީހުން އެކަންޏެއް ނޫން - މަޙްލޫފްް

ވެރިކަން ކުރަން ޖެހޭނީ މާލޭ މީހުން އެކަންޏެއް ނޫން - މަޙްލޫފްް

Fm7zx1eakAAkpJD

މައްސަލައަކީ ރާއްޖެތެރޭ ރަށެއްގެ ބޭފުޅަކު ވެރިކަން ކުރައްވާތީ ކަމަށާއި، ވެރިކަން ކުރަން ޖެހޭނީ ހަމަ އެކަނި މާލޭ މީހަކު ނޫން ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މަހުލޫފް މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ އިންތިޚާބުގެ ރައީސް ސާލިހުގެ ކެމްޕެއިނަށް މިހާރު މާލޭގައި ބާއްވާ ޖަލްގައި ވާހަކަ ދައްކަވަމުންނެވެ.

މަޙްލޫފް ވިދާޅުވީ، މައްސަލައަކީ ވަކި ބޭފުޅަކު ވިދާޅުވާ ގޮތަށް، ކެބިނެޓަށާއި ސިޔާާސީ ހުރިހާ މަގާމުތަކަށް އައްޔަން ނުކުރުން ކަމަށާއި، ވިދާޅުވާހާ ގޮތަކަށް ވެރިކަން ނުކުރުން ކަމަށެވެ.

"މައްސަލައަކީ ރައީސް ސޯލިހަށް ވެރިކަން ދެއްވީވެސް ތިމަންނާ އެކަނި ކަމާ، ވެރިކަމުން ބާލާނީވެސް ތިމަންނާ އެކަނި ކަމަށް ގަބޫލުކުރެވޭ ކުރުން" ރައީސް ސޯލިހަށް ވެރިކަން ދެއްވީ ރައީސް ނަޝީދު ކަމަށް ބުނެ ދެކެވޭ ވާހަކަތަަކަށް ރައްދު ދެއްވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

ވެރިކަމަށް ވާދަ ކުރެއްވުމާއި ވެރިކަމަށް ޝައުގުވެރިވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި، އެއީ ކޮންމެ މީހަކަށްވެސް އޮތް ހައްގެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ނަމަވެސް އެމްޑީޕީގެ ތެރެއިން ވެރިކަމަށް އަންނަން އެކުރާ މަސައްކަތަކީ އަމިއްލަ ޕާޓީ ތެރޭގައި އޮޅުވާލުމާ، ދޮގުހެދުމާއި މަކަރު ހެދުމުގެ ތެރެއިން ކުރާ ކަމަކަށް ވާނަމަ އެކަމާ ވަރަށް ދެރަވާ ކަމަށްވެސް މިނިސްްޓަރު މަޙްލޫފް ވިދާޅުވިއެވެ.

އަމިއްލަ ޕާޓީގެ ފަރާތުން ވެރިކަމުގެ މަގާމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަށާއި، އަދި ސަރުކާރަށް ވައްކަމުގެ ތުހުމަތާއި ބޮޑެތި ޖަރީމާތަކުގެ ތުހުމަތު އަޅުއްވަމުން ގެންދާ ކަމީ. ހަމަ އެހެންމެ ބެސްޓްފުރެންޑު ހަތުރަކަށް ބަދަލުވެގެންދާ ކަމީ އަޅުގަނޑު ހިތާމަކޮށް ދެރަވާ ކަމެއް - މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ޕްރައިމަރީ ކާމިޔާބު ނުކުރެވިއްޖެނަމަ އެހެން ކެނޑިޑޭޓަކަށް ތާއީދު ކުރާނެ ވާހަކަ، ނޫންނަމަ ގޮސް ހުންނަވާނީ ގޭގައި ކަމަށް ވިދާޅުވާ ވާހަކައަކީ އަޑުއަހަން އަދި ޑިމޮކްރަސީއާ ބީރައްޓެހި ވާހަކައެއް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ