logoEN
ކޮކާކޯލާ
ރައީސް ނަޝީދު މާދަމާ ހުވަދޫ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވަނީ

ރައީސް ނަޝީދު މާދަމާ ހުވަދޫ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވަނީ

GMG_9587

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް މުޙައްމަދު ނަޝީދު މާދަމާ ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ.

އަބުޅޯ

ރައީސް ނަޝީދު މާދަމާ ހުވަދޫ އަތޮޅުގެ ދެކުނުބުރީ ތިނަދޫ، ހޯނޑެއްދޫ، މަޑަވެލި ފަރެސްމާތޮޑާ، އަދި ގައްދޫ އަށް ވަޑައިގަންނަވާނެ އެވެ. އަދި ހުވަދުއަތޮޅު ދެކުނުބުރީ ދެއްވަދޫ ގެމަނަފުށި، ކޮލަމާފުށި، ދާންދޫ، ނިލަންދޫ އާއި މާމެންދޫއަސް ވަޑައިގަންނަވާނެ އެވެ.

ރައީސް ނަޝީދު މާދަމާ ތިނަދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހަވީރު 4 ޖަހާއިރު އެވެ. ތިނަދޫގައި ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު މާދަމާ ރޭ ތިނަދޫގައި ހާއްސަ ޖަލްސާއެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން އެމަނިކުފާނު ވަޑަގަތުމަށް ހަމަޖެހިފައިވާ ރަށްތަކުގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވާނެ އެވެ.

މިމަހު 28ވަނަ ދުވަހު އޮންނަ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު އާއި ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު އެވެ. ދެބޭފުޅުން ވެސް އަންނަނީ ރާއްޖޭގެ އެކި ރަށްތަކަށް ވަޑައިގެން ފޯރިއާއެކު ކެމްޕެއިން ކުރައްވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ