logoEN
cocacola
ޖޮބް ސެންޓަރ މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި އެސްޓީއޯގެ ވަޒީފާތައް ހޯދޭނެ

ޖޮބް ސެންޓަރ މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި އެސްޓީއޯގެ ވަޒީފާތައް ހޯދޭނެ

އައިޝަތު އިފާޝާ

logo

12/20/2022, 10:00:56 AM

# އެސްޓީއޯ

STO

ކުރިއަށް އޮތްތަނުގައި ޖޮބް ސެންޓަރ މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ވަޒީފާތައް ހޯދޭނެކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ގޮސިޔާ

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ ޓެލެންޓް އެކުއިޒިޝަންގެ މެނޭޖަރު ހައްވާ އިހުސާނާ ވިދާޅުވީ، ޒުވާނުން ބިނާކުރުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަަމަށެވެ. އަލަށް ވަންނަ މުވައްޒަފުންނަށް އެސްޓީއޯއިން ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ޒުވާނުންނަށް ފަސޭހަކަމާއެކު ހުނަރާއި ތަޖުރިބާ ލިބޭނެ މަގު ފަހިކޮށްދިނުމަށް އެ ކުންފުނިން އިސްކަންދޭކަން އިހުސާނާ ވަނީ ފާހަގަކުރައްވާފައެވެ.

އެކުންފުނީގެ އެމްޕްލޯއި ރިލޭޝަންްސް މެނޭޖަރ ތޫޒާ ސައީދު ވިދާޅުވީ، އެސްޓީއޯއަކީ ރާއްޖޭގެ އެންމެ ބޮޑު ޓްރޭޑިންގ ކުންފުންޏަށް ވުމާއެކު، އެ ކުންފުނީގައި އެކި ދާއިރާތަކުން ފުރުސަތު ހުރި ކަމަށެވެ. ވަޒީފާ އަދާކުރަން ބޭނުންވާ އެކި އުމުރުފުރާތަކުގެ ފަރާތްތަކަށް އެސްޓީއޯއިން ރަނގަޅު ފުރުސަތުތަކެއް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ތެރޭގައި ފައިނޭންސިންގ، މެޑިކަލް އަދި އެ ނޫން އެހެން ދާއިރާތަކުން އެ ކުންފުނީގައި ރަނގަޅު ވަޒީފާގެ ފުރުސަތުތައް ހުރިކަަމަށް އޭނާ ވިދާޅުވިއެވެ. އެސްޓީއޯ މެދުވެރިކޮށް ޒުވާނުންނަށް ވަޒީފާ ދިނުމަށް ޚާއްސަ އިސްކަމެއް ދޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެކި ދާއިރާތަކުން ޒުވާނުން ތަމްރީންކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރާކަމަށެވެ.

އަދި އެސްޓީއޯގައި މަސައްކަތްކުރާއިރު ވަޒީފާ އަދާކުރަމުން އުނގެނުމުގެ ފުރުސަތު ލިބޭގޮތަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ކުރިއަށްގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ