logoEN
cocacola
ފުރާންސްގެ މީޑިއާތަކުން އާޖެންޓީނާގެ ތިންވަނަ ގޯލާއިމެދު ސުވާލު އުފައްދައިފި!

ފުރާންސްގެ މީޑިއާތަކުން އާޖެންޓީނާގެ ތިންވަނަ ގޯލާއިމެދު ސުވާލު އުފައްދައިފި!

ހަސަން ޝަމްއޫން

logo

12/19/2022, 6:50:13 PM

# ވޯލްޑް ކަޕް 2022

639f7d85e9f4e.image

ރޭކުޅެވުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ރެފްރީގެ ފަރާތުން ފްރާންސް ޓިމާއި ދެކޮޅަށް ގިނަ ނިންމުންތަކެއް ނިންމިކަމުގެ ޝަކުވާ ވަނީ ފެންމަތިވެފައެވެ. މިއާއެކު ރޭގެ މެޗުގައި އާޖެންޓީނާ އިން އިތުރު ވަގުތުގެ ދެވަނަ ހާފުގައި ކާމިޔާބުކުރި އެޓީމުގެ ތިން ވަނަ ގޯލާ މެދު ފުރާންސްގެ މީޑިއާތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ގޮސިޔާ

undefined

މެސީ ބޯޅަ ގޯލްގެތެރެއަށް ފޮނުވާލުމުގެ ކުރިން އާޖެންޓީނާގެ ބެންޗުގައި ތިބި ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިއަކު ދަނޑުމަތީގައި ތިބި މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނައިރު، މެޗުގެ ރެފްރީ އަދި ވީއޭއާރު ޓީމުންވެސް އެކަމަށް ސަމާލުކަމެއް ދިން ތަނެއް ނުފެނެއެވެ. ރޭގެ މެޗުގައި މެސީ ޖެހި ދެވަނަ ގޯލާއި ބެހޭގޮތުން ފުރާންސްގެ މީޑީއާތަކުން ނުރުހުން ފާޅުކުރަަމުން އަންނައިރު ފުރާންސްގެ ސަޕޯޓަރުން ގަބޫލްކުރަނީ ރޭގެ މެޗަކީ ނަތީއްޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހޭ މެޗެއް ނޫން ކަމަށެވެ. ސަބަބެއްކަމަށް އެމީހުން ބުނަނީ މެޗުގެ 118 ވަނަ މިނެޓްގައި އެމްބާޕޭ ކާމިޔާބުކުރި ލަނޑާއި އެކު 3-2 ން މެޗު ނިމެންޖެހޭނެކަމަށެވެ.

undefined

"ލޯ އޮފް ފުޓްބޯލް" ގެ ތިން ވަނަ އަދަދުގެ ނުވަވަނަ ޕެރެގްރާފްގައި ބުނެފައި އޮންނަނީ ލަނޑެއް ޖަހާއިރު ލަނޑު ޖެހި ޓީމްގެ ބަދަލު ކޮށްފައިވާ ކުޅުންތެރިޔަކު، ނުވަތަ ބަދަލު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިޔަކު ނުވަތަ އޮފިޝަލަކު ދަނޑުގައި ހުރިނަމަ އެލަނޑެއް އެއީ ލަނޑެއް ކަމަށް ބަލައިގަނެނެގެން ނުވާނެ ކަމަށެވެ. އަދި ކުޅުން ދެން ފަށަން ޖެހޭނީ ދަނޑަށް އެކުޅުންތެރިޔަކު ނުވަތަ އޮފިޝަލަކު އެރި ތަނަކުން އިދިކޮޅު ޓީމަށް ހިލޭ ޖެހުމެއް ދީގެން ކަމަށް ވެސް އެމާއްދާގައި ބުނެފައި އޮވެއެވެ.

ރޭގެ މެޗުގައި ފުރާންސް ޓީމަށް ލިބުނު ފުރަތަމަ ޕެނަލްޓީގައި އާޖެންޓީނާގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ލާސްޓް ޑިފެންޑަރ ފުރާންސްގެ ކުޅުންތެރިއަށް ފައުލްކޮށް ވައްޓާލުމުން ރެފްރީ ޕެނަލްޓީ ދިންއިރު އާޖެންޓީނާގެ ކުޅުންތެރިއާއަށް ރަތް ކާޑެއް ނުދެއްކިތާގައި ރީނދޫ ކާޑެއްވެސް ދައްކާފައި ނުވާތީ ފުރާންސްގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި އަންނަނީ މެޗުގެ ރެފްރީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ރެފެރީގެ ފަރާތުން މި މެޗުގައި ނޫނަސް މިފަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ގިނަ ނިންމުންތަކެއް އާޖެންޓީނާ އާއި އެކޮޅަށް ނިންމާކަމަށް ބުނެ އެހެން ޓީމުތަކުގެ ކުޅުންތެރިން ނާއި ސަޕޯޓަރުން ވެސް މީގެ ކުރިން މީޑިއާގައި އެކިފަހަރު މަތިން ޝަކުވާކޮއްފައިވެއެވެ.

މީގެ އިތުރުން ސެމީ ފައިނަލް މެޗުގައި ނެދަލޭންޑްސް ކުޅުންތެރިއަކު މެސީ ކައިރިން ބޯޅަ ނައްޓާލަުމުން މެސީ ގަސްތުގައި ބޯޅައިގައި އަތްލިއެވެ. ނަމަވެސް މެޗުގެ ރެފްރީ މެސީއަށް ކާޑެއް ނުދައްކައެވެ. އަދި ހަމައެމެޗުގައި އާޖެންޓީނާގެ ލިއަންޑްރޯ ޕެރެޑެސް އަށް ރީނދޫ ކާޑެއް ދައްކާފައިވަނިކޮށް ނެދަލޭންޑްސްގެ ބެންޗާއި ދިމާއަށް ކުޅުމުން ބޭރުގައި ބޯޅަ ޖެހުމުން ވެސް ރެފްރީ އެކުޅުންތެރިއާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ނުދައްކައެވެ. އަދި މެޗަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ މެޗުގެ ރެފްރީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ނަމަވެސް މެސީގެ މިއަމަލާއި މެދު ފީފާއިން ފިޔަވަޅެއް އަޅާފައި ނުވާއިރު މެޗުގެ ރެފްރީއާއި މެދު ފީފާއިން ފިޔަވަޅުއެލިކަން މީޑިއާތަކުން ރިޕޯޓްކޮއްފައި ވެއެވެ.

މުބާރާތުގެ ކޮންމެ މެޗެއްގައި އާޖެންޓީނާއަށް މެޗުގެ އޮއިވަރު ބަދަލުކޮށްލުމަށް ޕެނާޓީއެއް ލިބެނީ ހަމަ އިއްތިފާގަކުންތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ކޮންމެ އަކަސް މުބާރާތް ނިމިއްޖެއެވެ. ޗެންޕިއަން ޓީމަކީ އާޖެންޓީނާއެވެ. ނަމަވެސް މިއީ އިންސާފުވެރި ވޯލްޑްކަޕެކޭ ބުނެވިދާނެތޯއެވެ. ވީއޭއާރު އައީ އެހެނިހެން ޓެކްނޮލެޖީ އެންމެ ރަގަޅު ގޮތުގައި ބޭނުން ހިފުނުތޯ މީއީ މިވަގުތު އެންމެ ގިނަ ބަޔަކު ކުރަމުންއަންނަ އެއް ސުވާލެވެ. މަރަޑޯނާ އަތުން ގޯލުޖަހައިގެން ވޯލްޑްކަޕް ތަށި ހޯދި ފަހަރު ރެފްރީއަށް ނުފެނުނީއޭ ބުނެވިދާނެއެވެ. ނަމަވެސް މިފަހަރު މިހިންގައިދިޔަ ކަންތައްތަކަށް ފީފާއިން ދޭނީ ކޮންޖަވާބެއްތޯއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ