logoEN
ޕީއެންސީ 2
ވޯލްޑްކަޕްގެ ތިން ވަނަ ކްރޮއޭޝިއާ އަށް

ވޯލްޑްކަޕްގެ ތިން ވަނަ ކްރޮއޭޝިއާ އަށް

ހަސަން ޝަމްއޫން

logo

12/17/2022, 10:34:38 PM

# ވޯލްޑް ކަޕް 2022

Luka Modric Croatia 112322_0

ޤަތަރުގެ ވެރިރަށް ދޯހާގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭކުޅެވުނު ވޯލްޑް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޮވާމެޗުގައި މޮރޮކޯ 2-1 ން ބަލިކޮށް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަން އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ އިން ހޯދައިފިއެވެ.

ޝަރީ 2024

މެޗުގެ ވަރަށް ކުރީކޮޅު ކްރޮއޭޝިއާ އިން ލަނޑެއް ކާމިޔާބުކޮށް ލީޑުނެގިއެވެ. މިލަނޑު ފުރަތަމަ ހާފުގެ 7 ވަނަ މިނެޓްގައި ކާމިޔާބުކޮށް ދިނީ ކްރޮއޭޝިއާގެ ޑިފެންޑަރ ޖޯސްކޯ ގްވާޑިއޯލް އެވެ. އޭގެ ދެމިނެޓް ފަހުން މޮރޮކޯއިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީއްޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު އަޗްރަފް ދާރީ އެވެ.

undefined

ދެޓީމުގެ ފަރާތުން ފުރަތަމަ ހާފުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މި މެޗުގައި ދެވަނަ ފަހަރަށް ކްރޮއޭޝިއާ އިން ލީޑް ނެގީ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީ މުބާރާތުން ތިން ވަނަ އެޓީމަށް ކަށަވަރުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް މިސްލާވް އޯރސިކް އެވެ.

ދެވަނަ ހާފުގަ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބި ބޭނުން ނުހިފުނު އިރު، މިހާފުގައި ރެފްރީގެ ބައެއް ނިންމުންތަކާއި ހިތްހަމަނުޖެހި ދެޓީމުގެ ކުޅުތެރިންވެސް ހިތްހަމަނުޖެހުން ފާޅުކުރިތަން ވަރަށް ބޮޑަށް ފެނިގެން ދިޔައެވެ.

1998 އަށް ވަނަ އަހަރު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޯދި ކްރޮއޭޝިއާ ޓީމުން ވަނީ، މީގެ ހަތަރު އަހަރު ކުރިން ރަޝިއާގައި ބޭއްވުން މުބާރާތުގެ ފައިނަލްގައި ކުޅެފައެވެ. އަދި މި މުބާރާތުގެ ހަތަރު ވަނަ ހޯދި މޮރޮކޯ އަކީ ވޯލްޑް ކަޕްގެ ތާރީޚްގައި ސެމީފައިނަލާއި ހަމައަށް އައި ފުރަތަމަ އެފްރިކާގެ ޓީމެވެ.

މި މުބާރާތު ގެ ފައިނަލް ގައި މާދަމާ ރޭ އާޖެންޓީނާ ދެކޮޅަށް ނުކުންނާނީ އެންމެ ފަހުގެ ޗެންޕިއަން ފުރާންސެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ