logoEN
cocacola
ނާޞިރު އަލް ޚަލައިފީ: ރޮނާލްޑޯ ޕީ.އެސް.ޖީ އިން ފެނުމުގެ ފުރުސަތެއް ނެތް!

ނާޞިރު އަލް ޚަލައިފީ: ރޮނާލްޑޯ ޕީ.އެސް.ޖީ އިން ފެނުމުގެ ފުރުސަތެއް ނެތް!

ހަސަން ޝަމްއޫން

logo

12/8/2022, 12:24:38 AM

# ކުރިސްޓިއާނޯ ރޮނާލްޑޯ

Messi-Ronaldo-PSG

މިވަގުތު ފުރީ އެޖެންޓެއްގެ ގޮތުގައިހުރި ކްރިސްޓިއާނޯ ރޮނާލްޑޯ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތައްފަހު ފުރާންސްގެ ޕީއެސްޖީ އިން ފެނުމުގެ އެއްވެސް ފުރުސަތެއް ނެކަމަށް އެކުލަބުގެ ރައީސް ނާޞިރު އަލް ޚަލައިފީ ބުނެފިއެވެ.

ގޮސިޔާ

އިޓަލީގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔެއްކަމަށްވާ ފަބްރީޒިއޯ ރޮމާނޯ މިއަދު ކުރި ޓުވީޓެއްގައި، ޕީއެސްޖީގައި މިވަގުތު ކުރިއަށް ކުޅެން ތިބި ކުޅުންތެރިން ތަކުގެ ތެރޭގައި މެސީ، ނޭމާ އަދި އެމްބާޕޭ ހިމެނޭތީ މިވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމަށް ގެނައުމަށް ވިސްނުމަކީ އުދަގޫކަމެއް، ނަމަވެސް މިހާރުވެސް ރޮނާލްޑޯއަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި ރޮނާލްޑޯއަށް ކާމިޔާބު އެދޭކަމަށް ޕީއެސްޖީގެ ރައީސް އާއި ހަވާލާދީ ފަބްރީޒިއޯ ލިޔެފައި ވެއެވެ.

View post on Twitter

މި ދިޔަ ނޮވެންބަރު މަހު މެންޗެސްޓަރ ޔުނައިޓެޑުން ރޮނާލްޑޯއާއި އެކުލަބާއި ދެމެދު ވެފައިވާ އެއްބަސްވުން އުވާލިއިރު، ރޮނާލްޑޯގެ ކުރިމަގާއިމެދު ގޮތެއް ނިންމާނެކަމަށް ބެލެވެނީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތައް ފަހުގައެވެ. ނަމަވެސް ބޭރުގެ ބައެއް މީޑިއާތަކުން ކޮންމެ ދުވަހަކުހެން ކޮންމެވެސް ކުލަބަކާއި ރޮނާލްޑޯއާއި ގުޅުވައި ހަބަރު ފަތުރައެވެ. އެ ގޮތުން ސްޕެއިންގެ މަޝްހޫރު ކުލިވަރު ނޫހެއް ކަމުގައިވާ މާސާއިން ރިޕޯޓްކޮއްފައިވާގޮތުގައި ވޯލްޑް ކަޕަ ނިމުމުން ސައުދީގެ ކުލަބަކަށް ކުޅުމަށް ރޮނާލްޑޯ ވަނީ އެއްބަސްވެފައެވެ.

ނަމަވެސް ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އޭނާ އަލްނަސްރަށް ބަދަލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ.

View post on Twitter
މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ