logoEN
cocacola
ސަރުކާރުން ފަންޑުކޮށްގެން ޔޫމެޓުން ކުރިޔަށް ގެންދިޔަ ޑައިވް މާސްޓާރ ކޯސް ނިންމާލައިފި

ސަރުކާރުން ފަންޑުކޮށްގެން ޔޫމެޓުން ކުރިޔަށް ގެންދިޔަ ޑައިވް މާސްޓާރ ކޯސް ނިންމާލައިފި

GMG_9804

ޔޫމެޓް ސްކޫބާއިން ގދ. ތިނަދޫގައި ކުރިޔަށް ގެންދިޔަ ޑައިވް މާސްޓާ ފުލް ޕާތުވޭ އިންޓަނޭޝަނަލް ޑައިވް ކޯސް ކާމިޔާބުކަމާއި އެކު ނިންމާލައިފި އެވެ.

ގޮސިޔާ

މި ކޯސް ނިންމާލުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހުކުރު ދުވަހު ހަވީރު ތިނަދޫގައި ހުންނަ ޔޫމެޓް ޑައިވް ސެންޓަރު ސަރަހައްދުގައި އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ގާނޫނު ހަދާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.

undefined

މި ރަސްމިއްޔާތުގައި ވަނީ މި ކޯސް ފުރިހަމަކުރި ބައިވެރިންނަށް ވަނީ ކޯސް ފުރިހަމަ ކުރި ފަރާތްތަަށް ސެޓްފިކެޓް ހަވާލުކޮށްފައެވެ. ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސް ނަޝީދު އެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ މި ސެޓިފިކެޓް ޖުމްލަ 26 ބައިވެރިއަކު ވަނީ ހާސިލްކޮށްފައެވެ. ދަސްވެނިވި ފަރާތްތަކުން ހާސިލްކޮށްފައި އެޑްވާންސް ސެޓިފިކެޓެވެ.

undefined

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މިގޮތަށް ކުރިޔަށް ގެންދާ ކޯސްތަކަކީ ޒުވާނުންނަށް ލިބިގެންދާނެ ވަރަށް ފަހި ފުރުސަތުތަކެއް ކަމަށެވެ.

ޔޫމެޓް ސްކޫބާއިން ގދ. ތިނަދޫގައި ކުރިއަށް ގެންދިޔަ މި ކޯހުގައި، ޖުމްލަ 25 ފަރާތެއް ބައިވެރިވެފައިވާއިރު، އަތޮޅުތެރެއިން 6 ފަރާތެއް ވަނީ ބައިވެރިވެފައެވެ. އަތޮޅު ތެރެއިން މި ކޯހުގައި ބައިވެރިވި ފަރާތްތަކަށް އެކޮމޮޑޭޝަން ފޯރުކޮށްދީފައިވަނީ ޔޫމެޓް ސްކޫބާއިންނެވެ.

ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ހިންގަމުންދާ އަޕްސްކިލިންގ އަދި ޓްރެއިނިންގ ޕްރޮގްރާމްގެ ޑައިވިންގ ދާއިރާއާއިން މީހުން ތަމްރީނުކުރުމަށް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ޔޫމެޓް ސްކޫބާއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ފްރޮގްރާމުގެ ކޮންމެ ބައިވެރިއަކަށް އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން 5،000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކުވެސް ވަނީ ދީފައެވެ.

ޔޫމެޓް ސްކޫބާއަކީ ނޭޝަނަލް ޑައިވް ލީގު (އެންޑީއެލް)ގައި ރަޖިސްޓްރީ ވެފައިވާ 5 ތަރީގެ ޑައިވް ސުކޫލެކެވެ. ޔޫމެޓް ސްކޫބާއިން އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ގދ. ތިނަދޫގައި ކުރިއަށް ގެންދެވުނު މިފަދަ ފުރަތަމަ ޕްރޮގްރާމް އެވެ.

އެކޮނޮމިކް މިނިސްޓްރީއިން މައުލޫމާތު ދޭގޮތުގައި ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ހިންގަމުންދާ އަޕްސްކިލިންގ އަދި ޓްރެއިނިންގ ޕްރޮގްރާމްގެ ޑައިވިންގ ދާއިރާއާއިން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތަކުގެ މިހާތަނަށް ތެރެއިން ރާއްޖޭގެ 12 ޑައިވް ސެންޓަރަކުން ވަނީ 341 ޑައިވަރުން ތަމްރީން ކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި މި ދާއިރާއިން އެންމެ ގިނަ ބަޔަކު ތަމްރީން ކުރެވުނު ފަހަރުވެސް މެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ