logoEN
cocacola
ކަންނެލި މަސްވެރިކަމުގެ ރެކޯޑު "މާހޯރަ-3" އަށް

ކަންނެލި މަސްވެރިކަމުގެ ރެކޯޑު "މާހޯރަ-3" އަށް

އައިޝަތު އިފާޝާ

logo

11/30/2022, 2:15:30 PM

299319259_587634383044073_3028171292408690849_n-py847j6kqkgy3nmu3tz0uaavrr9fmf3mcaf4xwadlk-pyfd76de9r9s4tzd5ncl183r8ldo9q9547feh0evm0

ހއ.އިހަވަންދޫގައި ދުއްވާ "މާހޯރަ-3" ދޯނިން އެއް ދުވަހެއްގައި އެންމެ ގިނައިން ކަންނެލި ކިރުމުގެ ރެކޯޑް ޤާއިމްކޮށްފިއެވެ.

ގޮސިޔާ

"މާހޯރަ-3" ދޯނިން ވަނީ މިމަހުގެ 6 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ އެންސިސް މަސް ފެކްޓަރީއަށް 11 ޓަނުގެ މަސް ކިރުވާފައެވެ.

އެންސިސް ފިޝަރީޒްގެ ޑެޕިއުޓީ އޮޕަރޭޝަންސް މެނޭޖަރ އަޙްމަދު މުޙައްމަދު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވިީ، "މާހޯރަ-3" ދޯނިން 11.86 ޓަނުގެ ކަންނެލި ކިރުވާފައިވާކަމަށާއި، އަދި ކިރުވި މަހަށް އެދޯންޏަށް 651137 (ހަ ލައްކަ ފަންސާސް އެންހާސް އެއްސަތޭކަ ތިރީސް ހަތެއް) ރުފިޔާ އެ ދުވަހު ދީފައިވާކަމަށެވެ.

"މަހޯރާ-3" ދޯނިން އެންސިސް މަސް ފެކްޓަރީއަށް 11 ޓަނުގެ މަސް ކިރުވާފައިވާއިރު މިއީ އެންސިސްގެ ތަރީޚުގައިވެސް ކަންނެލި ކިރާ ދޯންޏަކުން އެންމެ ގިނަ އަދަދަކަށް މަސް ކިރުވިފަހަރުކަމަށް އޮޕަރޭޝަންސް މެނޭޖަރ އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ. އަދި މީގެކުރިން އެންސިސްއަށް އެންމެ ގިނައިން ކަންނެލި ކިރުވައިފައި ވަނީ ރަސްދޫ "ޒޫމް ފިޝަރ" ދޯނިންކަމަށާއި، އެދޯނިން އެފަހަރު 11.5 ޓަނުގެ މަސް ކިރުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އިހަވަންދޫގެ މަހޯރާ ދޯންޏަކީ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ދޯންޏެކެވެ. މީގެކުރިންވެސް އެ ދޯނިން ވަނީ ބޮޑެތި އަދަދުތަކުން މަސް ކިރުވާފައެވެ.

އިހަވަންދޫގެ މަހޯރާ ދޯނިން ކަންނެލީގެ ރެކޯޑެއް ޤާއިމްކޮށްފައިވާއިރު، ގދ.މަޑަވެލީގެ ޓީއެސް ލައިން ދޯނިން ވަނީ މިދިޔަ ސެޕްޓެމްބަރުމަހު 57.1 ޓަނުގެ ކަޅުބިލަ މަސް ކޫއްޑޫއަށް ކިރުވައި ރެކޯޑެއް ޤާއިމްކޮށްފައެވެ. ޓީއެސް ލައިން ދޯނިން ކިރުވި މަހަަށް ވަނީ 971584 (ނުވަލައްކަ ހަތްދިހަ އެއް ހާސް ފަސްސަތޭކަ އަށްޑިހަ ހަތަރު) ރުފިޔާ ލިބިފައެވެ.

އިހަވަންދޫއަކީ އުތުރުގައި ފާހަގަކޮށްލެވޭ މަސްވެރި ރަށަކަށްވީއިރު، އެރަށަކީ ބޮޑު ކަންނަލީގެ މަސްވެރިކަމަށް ޚާއްސަ ރަށެކެވެ. އިހަވަންދޫ މަސްވެރިންނަށް މަސްވެރިކަންކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިހަވަންދޫގައި ބަހައްޓާފައިވާ މިފްކޯގެ އައިސް ޕްލާންޓުގެ ކެޕޭސިޓީ ވަނީ ދުވާލަކު 50 ޓަނުގެ އައިސް އުފެއްދޭގޮތަށް ތަރައްޤީކޮށްފައެވެ. އަދި އުތުރު ސަރަހައްދުން މަސްގަންނަ މަރުކަޒެއް އިހަވަންދޫގައި ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ