logoEN
ޕީއެންސީ 2
އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާ ރައީސް ނަޝީދު ކެމްޕެއިން ފައްޓަވާނީ ތިނަދޫއިން

އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާ ރައީސް ނަޝީދު ކެމްޕެއިން ފައްޓަވާނީ ތިނަދޫއިން

އަހުމަދު ޝުރާއު

logo

11/29/2022, 11:00:25 PM

Screenshot 2022-11-29 at 23.10.14

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް އެމްޑީޕީއިން ބާއްވާ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވަން ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

ޝަރީ 2024

ރައީސް ނަޝީދުގެ ކެމްޕެއިން ރަސްމީކޮށް ފެއްޓެވުމަށް ނިންމަވާފައިވަނީ ގދ ތިނަދޫގައި އެވެ. އެގޮތުން ރައީސް ނަޝީދު ތިނަދޫއަށް ވަޑައިގަންނަވާނީ އަންނަ މަހުގެ 2 ވަނަ ދުވަހު އެވެ.

މިކަން ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅަކު ވަނީ " ގާފު " ނޫހަށް ކަށަވަރުކޮށްދެއްވާފައެވެ. އަދި ޕްރައިމެރީގައި ވާދަކުރައްވަން ނިންމެވިކަން ރައީސް ނަޝީދު މިއަދު ހަވީރު ވަނީ އެބޭފުޅާގެ އަރިސް ބޭފުޅުންނަށް އަންގަވާފައެވެ.

ރައީސް ނަޝީދު ޕްރައިމެރީގެ ކެމްޕެއިން ފެއްޓުމަށް ތިނަދޫގައި ޙާއްސަ ޖަލްސާއެއް ބޭއްވުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ 2 ވަނަ ދުވަހުގެ ރޭ ކަމަށް މި ނޫހަށް މައުލޫމާތު ދިން ނަޝީދުގެ އަރިސް ބޭފުޅަކު ވަނީ ކަށަވަރުކޮށްދީފައެވެ.

މި ޕްރައިމެރީގައި ރައީސް ނަޝީދު އާއި ވާދަކުރައްވަން ތައްޔާރުވަމުން އަންނަނި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ނަމަވެސް ޕްރައިމެރީގައި ވާދަކުރައްވާކަން ރައީސް ސޯލިހް އަދި ރަސްމީކޮށް އިއުލާނުކުރައްވާފައެއް ނުވެއެވެ.

ރައީސް ނަޝީދު އެންމެ ފަހުން ތިނަދޫ އަށް ވަޑައިގެންނެވީ 2019 ވަނަ އަހަރުގައި އެވެ.

އިތުރު ތަފްސީލް އަންނަނީ ...

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ