logoEN
ޕީއެންސީ 2
ރަސްމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ރަސްމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

އަލްފާ އަލީ

logo

11/28/2022, 6:48:33 PM

# ރ. ރަސްމާދޫ# އެމްޓީސީސީ

rasmaadhoo

ރ. ރަސްމާދޫ ދެކުނުފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމަށް ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޝަރީ 2024

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފަރޫޤްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

މި މަޝްރޫޢުގެ ދަށުން، 157 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 283 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 2500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

ރަސްމާދޫގެ ގޮނޑުދޮށް ޙިމާޔާތްކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 88 މިލިއަން ރުފިޔާއަށް، 7މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އެމްޓީސީސީން ވަނީ ރަސްމާދޫ އުތުރު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ސެޕްޓެމްބަރު މަހު ނިންމާލާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ