logoEN
ޕީއެންސީ 2
ވިނަރެސް ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި، ލިސްޓު މިއޮތީ!

ވިނަރެސް ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި، ލިސްޓު މިއޮތީ!

ޝައުފާ އިސްމާއިލް

logo

11/27/2022, 8:04:08 PM

Vinares Flat

ހުޅުމާލޭ އުތުރު އަވަށުގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ފުލެޓުތަށް ލިބޭ މީހުންގެ ވަގުތީ ލިސްޓް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމު ކޮށްފިއެވެ.

ޝަރީ 2024

އެލިސްޓް އާންމު ކުރުމަށް މިއަދު އެޗްޑީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ވިނަރެސް ފްލެޓްތަކަށް 1413 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މީހުން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހުށަހަޅާފައި ނުވާކަން ފާހަގަކުރެއްވިއެވެ.

ވިނަރެސްގެ ވަގުތީ ލިސްޓު ދައްކާ ގޮތުން ޝަރުތު ހަމަވީ 723 މީހުންނެވެ. ކުރިމަތިލީ 690 މީހުން ޝަރުތު ހަމަނުވެއެވެ.

އާތިފް ވިދާޅުވީ އެޗްޑީސީން މަސައްކަތް ކުރަނީ ފްލެޓް ދިނުމުގެ މަސައްކަތް ހާމަކަންބޮޑު ދެފުށްފެންނަ ގޮތަކަށް ކުރުމަށް ކަމަށެވެ.

ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

View post on Twitter

ޕްލޭނިން މިނިސްޓްރީން ކަނޑައެޅި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ މާލީ ގާބިލުކަން ބެލުމަށް ފަހު، ވިނަރެސްގެ ބާކީ ހުރި ފްލެޓްތަކަށް ހުޅުވާލާނެ އެވެ. އެކަމުގެ ތަފްސީލުތައް އާންމު ކުރާނީ މިހާރު ފްލެޓް ލިިބިފައިވާ ވަގުތީ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ މާލީ ހާލަތު ބެލުމަށް ފަހު ކަމަށް އެޗްޑީސީން ބުންޏެވެ.

ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މާލީ ޑޮކިއުމެންޓް ހުށަހެޅުމަށް އޯޕަން ޑޭއެއް އަންނަ މަހުގެ 6 އިން 12 އަށް އޮންނާނެ އެވެ.

އެ މުއްދަތުގެ ތެރޭގައި ޑޮކިއުމަންޓްތައް ފުރިހަމަ ކުރުމަށް ފަހު ދާއިމީ ލިސްޓެއް އާންމު ކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. ވިނަރެސް ފްލެޓްތަކަށް އަންނަ އަހަރުގެ އޭޕްރީލްގައި ވަދެވޭ ވަރުވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ވިނަރެސް ފްލެޓް ގަތުމަށް ހުޅުވާލީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވިނަރެސް އެޕާޓްމެންޓެއްގެ އަގު އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 3 މިލިއަން ރުފިޔާއާއި ދެމެދުގަ އެވެ. އެއީ ތިން ކޮޓަރީގެ ތަނަވަސް އެޕާޓްމެންޓުތަކެކެވެ.

އެތަން ތަރައްގީކޮށްފައިވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ޗައިނާގެ މެޝިނަރީ އިންޖިނިއަރިންގް ކޯޕަރޭޝަން (ސީއެމްއީސީ) ކިޔާ ކުންފުންޏަކާއި ހަވާލު ކޮށްގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ