logoEN
cocacola
ރައީސްގެ ހާއްސަ ސިޓީފުޅަކާ އެކު ޝާހިދު ޔޫއޭއީއަށް!

ރައީސްގެ ހާއްސަ ސިޓީފުޅަކާ އެކު ޝާހިދު ޔޫއޭއީއަށް!

ޝައުފާ އިސްމާއިލް

logo

11/26/2022, 4:16:25 PM

FidgivXUcAA9bT7

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ ސިޓީފުޅަކާ އެއްކޮށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ޔޫއޭއީއަށް ވަޑައިގެންފި އެވެ.

ގޮސިޔާ

ޝާހިދު ޔޫއޭއީއަށް ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޚާއްސަ މަންދޫބެއްގެެ ގޮތުގައި އެމަނިކުފާނުގެ ސިޓީފުޅެއް ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް އެރުވުމަށެވެ.

ޝާހިދު ޔޫއޭއީއަށް ވަޑައިގެން އެސިޓީފުޅު ވަނީ އެޤައުމުގެ ފޮރިން މިނިސްޓަރ ޝައިޚް ޢަބްދުﷲ ބިން ޒައިދު އަލް ނަޙްޔާން އާއި ހަވާލުކުރައްވާފައެވެ. އެ ސިޓީފުޅުގެ ތަފްސީލެއް ދިވެހި ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

View post on Twitter

ރާއްޖެއިން ޔޫއޭއީއާ ގާތް ގުޅުމެއް ދަނީ ބާއްވަމުންނެވެ. ޔޫއޭއީގެ އެންމެ ފަހުން ރައީސަކަށް ހުންނެވި ޒާޔިދު އަލް ނަހްޔާން އަވަހާރަވުމުން ވެސް އެމަނިކުފާނުގެ ޖަނާޒާގައި ރައީސް ބައިވެރިވެ ވަޑައިގަތެވެ. އަދި އާ ރައީސްއާ އެންމެ ފުރަތަމަ ބައްދަލުކުރި އެހެން ގައުމުތަކުގެ ވެރިން ތެރޭގައި ވެސް ރާއްޖޭގެ ރައީސް ހިމެނިވަޑައިގަތެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ