logoEN
cocacola
ޖިއްދާއަށް ބޯކޮށް ވާރޭވެހި، ދެ މީހަކު މަރުވެއްޖެ

ޖިއްދާއަށް ބޯކޮށް ވާރޭވެހި، ދެ މީހަކު މަރުވެއްޖެ

އައިޝަތު އިފާޝާ

logo

11/26/2022, 1:20:03 PM

# ސައުދީ އަރަބިއްޔާ

Jeddah-floods

ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، މިހާތަނަށް ދެމީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ގޮސިޔާ

ޖިއްދާއަށް ބޯކޮށް ވާރޭވެހިފައި ވަނީ އެ ސަރަޙައްދަށް އެރި ތޫފާނަކާ ގުޅިގެންނެވެ. ފެން ބޮޑުވުމާ ގުޅިގެން ޖިއްދާގެ މަގުތައް ވަނީ ބަންދުކޮށްފައެވެ. މީގެ ތެރޭގައި މުސްލިމުންގެ އެންމެ މުޤައްދަސް ބިން ކަމުގައިވާ މައްކާއަށް ދަތުރު ކުރަން އޮންނަ މަގުތައް ހިމެނެއެވެ.

ފެން ބޮޑުވުމާ ގުޅިގެން ޖިއްދާގެ ހުރިހާ ސްކޫލްތަކެއް ވެސް ވަނީ ބަންދު ކޮށްފައެވެ. އަދި، މަގުތަކުގައި ފެންބޮޑުވެ، ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދަށް ވަނީ ގެއްލުން ލިބިފައެވެ. މި ހާދިސާއާ ގުޅިގެން ޖިއްދާގެ ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ވެސް ހުރަސް އެޅުނެވެ. އަދި، ގިނަ އަދަދެއްގެ ވައިގެ ދަތުރުތައް ކެންސަލް ކުރަން ޖެހުނެވެ.

ޖިއްދާގެ އިތުރުން އެ ރަށާ އިންވެގެން އޮންނަ ރާބިޣާއި ޚުލައިސްއަށް ވެސް ތޫފާނުގެ އަސަރު ކޮށްފައިވެއެވެ. އަދި، އެ ދެ ރަށުގައި ވެސް ސްކޫލްތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މި ހާދިސާ ކުރިމަތިވެފައި މި ވަނީ ދަރިވަރުން އިމްތިހާނެއްގައި އިށީންނަން ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައި ކަމުގައި ސަޢޫދީ ޕްރެސް އޭޖެންސީއިން ރިޕޯޓު ކުރެއެވެ.

ކޮންމެ އަހަރެއްގެ ފަހުކޮޅު ޖިއްދާއަށް ކުރިމަތިވާ ފިނިމޫސުމަކީ އެ ސަރަޙައްދަށް ބޯކޮށް ވާރޭ ވެހޭ ދުވަސްވަރެކެވެ. 2009ވަނަ އަހަރު ވެސް ޖިއްދާއަށް ބޯކޮށް ވާރޭވެހި ގިނަ ޢަދަދެއްގެ މީހުންގެ ފުރާނަ ގެއްލުނެވެ. އެ އަހަރު ފެން ބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި 123 މީހުން މަރުވިއެވެ. އަދި، އޭގެ ދެ އަހަރު ފަހުން ހިނގި ފެން ބޮޑުވުމުގެ ހާދިސާގައި 10 މީހުން މަރުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ