logoEN
ޕީއެންސީ 2
ނިރުފެހިގޭ އަލިފާނުގެ ހާދިސާ: ގެއްލުންވި އާއިލާތައް އާއްމު ހާލަތަށް ގެނައުމަށް މާލީ އެހީ ދީފި

ނިރުފެހިގޭ އަލިފާނުގެ ހާދިސާ: ގެއްލުންވި އާއިލާތައް އާއްމު ހާލަތަށް ގެނައުމަށް މާލީ އެހީ ދީފި

ޝައުފާ އިސްމާއިލް

logo

11/24/2022, 7:48:41 PM

IMG_9575

މި.ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުވި ހުރިހާ އާއިލާތައް އާއްމު ހާލަތަށް ގެނައުމަށް ބޭނުންވާ މާލީ އެހީ ދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

ޝަރީ 2024

އަލިފާނުގެ ހާދިސާއާއި ގުޅިގެން އެންޑީއެމްއޭގެ ވަގުތީ ބޯހިޔާވަހިކަމަށް 29 މީހަކު ގެނެސްފައިވެއެވެ. މީގެތެރޭގައި އެ ސަރަޙައްދުގެ 6 ގޭބިސީއަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ. އެއީ އަލިފާނުގެ ހާދިސާ ހިނގި މ.ނިރުފެހި ގޭގައި ދިރިއުޅުނު ބިދޭސީންނާއި، އެގެއާއި އިންވެގެން ހުރި މ.ސޭންޑްރޯސްގެ 1 ގޭބިސީ އާއި މ.ވާދީގެ 4 ގޭބިސީއެއްގެ މީހުންނެވެ. މިގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އެންޑީއެމްއޭއިން މަޢުލޫމާތުދެއެވެ. ނަމަވެސް މިވަގުތު ވަގުތީ ބޯހިޔާވަހިކަމުގައި އެއްވެސް ފަރާތެއް ނެތްކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ވަނީ ބުނެފައި އެވެ.

މި އާއިލާތައް އެހެން ތަނެއް ކުއްޔަށް ހިފުމަށް 2 މަހުގެ އެޑްވާންސް ފައިސާއާއި 1 މަހުގެ ކުލީގެ ފައިސާ އެންޑީއެމްއޭއިން ވަނީ ހަމަޖައްސާފައެވެ.

ހާދިސާ ހިނގި ނިރުފެހި ގޭގައި ދިރުއުޅުނު ބިދޭސީންގެ ތެރެއިން އެންޑީއެމްއޭގެ ވަގުތީ ބޯހިޔާވަހިކަމަށް ގެނައި 9 ބިދޭސީންނަށް، އެ ފަރާތްތަކުގެ ދިރިއުޅުން އާންމު ހާލަތަށް ބަދަލުވުމަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިވެހި ރެޑްކްރެސެންޓްގެ އެހީއާއެކު އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި އެ މީހުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަންވެސް އަންނަނީ ހަމަޖައްސަމުންނެވެ.

އަލިފާނުގެ ހާދިސާގެ އަސަރުކޮށްފައިވާ ގެކަށް ލިބިފައިވާ ގެއްލުންތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރގެ އެހީތެރިކަމާއެކު މިހާރު ވަނީ ނިންމާފައެވެ. މި ވަގުތު ކުރިއަށްދަނީ ގެއްލުންތަކުގެ އަގުމަގު ކުރުމާއި އެސެސްމެންޓް ރިޕޯޓުތައް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް އެންޑީއެމްއޭއިން މަޢުލޫމާތުދެއެވެ.

މިމަހުގެ ކުރީ ކޮޅު ހިނގި މި އަލިފާނުގެ ހާދިސާއަކި ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާއެވެ. މި ހާދިސާގައި 10 މީހަކު މަރުވެފައިވާއިރު މަރުވި ހުރިހާ އެންމެނަކީވެސް ބިދޭސީންނެވެ. އެމީހުންގެ ހަށިތަށް މިހާރު ދިވެހި ސަރުކާރުން ވަނީ އެމީހުންގެ ގައުމުތަކަށް ފޮނުވާލާފައެވެ. އަދި މި ހާދިސާގެ ތަހުގީގް މިހާރުވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ