logoEN
ކޮކާކޯލާ
ބަޖެޓް ފާސްކުރުން ހޯމަ ދުވަހު!

ބަޖެޓް ފާސްކުރުން ހޯމަ ދުވަހު!

އަލްފާ އަލީ

logo

11/23/2022, 1:25:43 PM

# މަޖިލިސް# ބަޖެޓް 2023

budget|ބަޖެޓް

ބަޖެޓް ބަހުސް ނިންމައި އަންނަ ހޯމަ ދުވަހު ވޯޓަށް އެހޭނެ ކަމަށް އުންމީދުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަބުޅޯ

ބަޖެޓް ކޮމެޓީން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރުމަށް 37 މެމްބަރަކު އެދިވަޑައިގެންފައިވާއިރު، ބަޖެޓުގެ ވޯޓަށް އަހާނީ ވާހަކަ ދައްކަން އެދިވަޑައިގެންފައިވާ މެމްބަރުން ވާހަކަ ދައްކައި ނިންމުމަށްފަހުކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމެޓީން ބަޖެޓް ދިރާސާ ކުރުމަށްފަހު ވަނީ ބަޖެޓަށް 160 މިލިޔަން ރުފިޔާ އިތުރުކޮށްފައެވެ. އެއާއެކު މިހާރު ފާސްކުރުމަށް ތައްޔާރުވަމުން އަންނަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ ހޯމަ ދުވަހު ބަޖެޓަށް ވޯޓަށް އެހުމަށް މަޖިލީހުން އަމާޒު ހިފާފައިވާއިރު، އެއަށްފަހު މަޖިލިސް ރިސެސްއަށް ދާނެ ކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ