logoEN
cocacola
ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް ނިމުމަކާއި ގާތަށް!

ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް ނިމުމަކާއި ގާތަށް!

ޝައުފާ އިސްމާއިލް

logo

11/22/2022, 7:42:04 PM

# އެމްޓީސީސީ

FiKZMD9aYAALetd

ގދ ފަރެސްމާތޮޑާ އެއާޕޯޓްގެ ގިނަ މަސައްކަތްތަކެއް ނިމުމަކާއި ގާތްވެފައިވާކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީއިން ބުނެފި އެވެ.

ގޮސިޔާ

އެމްޓީސީސިއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ފަރެސްމާތޮޑާ އެއާޕޯޓްގެ މަޝްރޫއުގެ މަސައްކަތުގެ 82 އިންސައްތަ ވަނީ މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ. އެގޮތުން ފަޔާ ބިލްޑިން އަދި ޓާމިނަލް ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތުގެ 95 އިންސައްތަ އަދި 80 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކޮށްފައި ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

View post on Twitter

މި އެއާޕޯޓް އަންނަ މަހު ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މި އެއާޕޯޓް ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

2020 ވަނަ އަހަރުގެ ނިވެމްބަރު މަހުގެ ތެރޭގައި ޑިޒައިން އެންޑް ބިލްޑު އުސޫލުން ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144.8 މިލިއަން ރުފިޔާ އަށެވެ. އެއީ 600 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ފަރެސްމާތޮޑާ އެއާޕޯޓްގައި 1.2 ކިލޯ މީޓަރުގެ ރަންވޭއަކާއި ޓާމިނަލް އިމާރާތެއް ހަދައި، އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމްކުރަން ވަނީ ހަވާލުކޮށްފަ އެވެ.

ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުއަކީ ފަރެސްމާތޮޑާގެ ރައްޔިތުންނާއި އެ ސަރަޙައްދުގެ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ މަޝްރޫޢުއެވެ. ރައްޔިތުން ތިބީ މިމަސައްކަތް ނިންމައި އެއަރޕޯޓަށް ފްލައިޓް ޖައްސާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ