logoEN
ކޮކާކޯލާ
ޤަތަރު ފޯރި 2022: އެންމެ ގިނަ މެޗުތަކުގެ ނަތީޖާ ދިމާކޮށްލައިގެން 5،000 ރުފިޔާ ހޯދުމުގެ ފުރުސަތު!

ޤަތަރު ފޯރި 2022: އެންމެ ގިނަ މެޗުތަކުގެ ނަތީޖާ ދިމާކޮށްލައިގެން 5،000 ރުފިޔާ ހޯދުމުގެ ފުރުސަތު!

އަހުމަދު ޝުރާއު

logo

11/20/2022, 8:53:29 PM

IMG_7239

މިރޭ ރަސްމީކޮށް ފެށި ފުޓްބޯޅައިގެ މައި މުބާރާތް، ފީފާ ވޯލްޑްކަޕް ގަތަރު 2022 އާއި ދިމާކޮށް ގާފު މީޑިއާ ގްރޫޕުން ފެށި ގަތަރު ފޯރި 2022 ކަވަރޭޖްގެ ތެރެއިން މެޗުގެ ނަތީޖާ ދިމާކޮށްލައިގެން ފައިސާގެ އިނާމެއް ލިބޭ ޗެލެންޖެއް ފަށައިފި އެވެ.

އަބުޅޯ

ޤަތަރު ފޯރި 2022 ޕްރިޑިކްޓް އެންޑް ވިންގެ ނަމުގައި ފެށި މި ޗެލެންޖުގެ ގްރޭންޑް ޕްރައިޒެއް ގޮތުގައި ހަމަޖައްސާފައިވަނީ 5،000 ދިވެހި ރުފިޔާއެވެ. މި ޗެލެންޖުގެ އެއްވަނަ ހޮވުމަށް ހަމަޖެހިފައިވަނީ ވޯލްޑް ކަޕުގެ ހުރިހާ މެޗެއްގެ ތެރެއިން އެންމެ ގިނަ މެޗުތަކުގެ ނަތީޖާ ދިމާކުރާ ފަރާތްތަކުގެ މެޗުގައި ނެނގޭ ގުރުއަތުލުމަކުންނެވެ. ނަމަވެސް އެންމެ ގިނަ މެޗުތަކުގެ ނަތީޖާ ދިމާކުރީ އެންމެ ފަރާތެއް ނަމަ މި ޗެލެންޖުގެ ގްރޭންޑް ވިނާއަކަށް ހޮވޭނީ އެފަރާތެވެ.

ވޯލްޑްކަޕުގެ ހުރިހާ މެޗަކަށް ޕްރިޑިކްޓް އެންޑް ވިން ޗެލެންޖުގެ ޚާއްސަ ޕޯސްޓެއް ކޮންމެ މެޗެއްގެ ކުރިން މީސްމީޑިއާއަށް ދޫކުރާނެއެވެ. އެގޮތުން މި ޗެލެންޖު ކުރިޔަށްދާނި އިންސްޓްރގްރާމާއި ފޭސްބުކުގައި އެވެ. މި ޕޯސްޓަށް ކޮމެންޓު ކުރެވޭނީ ކޮންމެ މެޗެއްގެ ދެވަނަ ހާފު ފެށުމުގެ ކުރިންނެވެ. ދެވަނަ ހާފު ފެށުމަށްފަހު ކުރާ ކޮމެންޓުތަށް ބަލައިނުގަންނާނެ އެވެ.

މި ޗެލެންޖުގެ ސަޕްރައިޒިންގ އިނާމުތަކެއް މުބާރާތުގެ ކުއާޓާރ ފައިނަލުގެ މެޗުތަކަށްފަހު އާންމު ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކުއާޓާރ ފައިނަލްގެ މެޗުތަކުން ފެށިގެން އިތުރު އިނާމުތަކެއް ކޮންމެ މެޗަކަށް އިއުލާނުކުރުމަށް ވަނީ ނިންމާފައެވެ.

ގާފުގެ ޤަތަރު ފޯރި 2022 ކަވަރޭޖްގެ ތެރެއިން އިތުރު ހަރަކާތްތަކެއްވެސް ކުރިޔަށް ގެންދިޔުމަށް ވަނި ނިންމާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ