logoEN
ކޮކާކޯލާ
ގޯސިޔާ ވޯލްޑްކަޕު ވައިބް: ކޮފީއަށް ޚާއްސަ ޕްރޮމޯޝަނެއް!

ގޯސިޔާ ވޯލްޑްކަޕު ވައިބް: ކޮފީއަށް ޚާއްސަ ޕްރޮމޯޝަނެއް!

އަހުމަދު ޝުރާއު

logo

11/20/2022, 8:41:02 PM

Screenshot 2022-11-20 at 20.39.11

މިރޭ ރަސްމީކޮށް ފަށާ ފީފާ ވޯލްޑް ކަޕް ގަތަރު 2022 އާއި ދިމާކޮށް ކޮފީއަށް ޚާއްސަ ޕްރޮމޯޝަނެއް ގޯސިޔާއިން ފަށައިފި އެވެ.

އަބުޅޯ

ގޯސިޔާ ވޯލްޑްކަޕް ވައިބްގެ ނަމުގައި ފެށި ޚާއްސަ ޑީލްތަކުގެ ތެރެއިން ކޮފީއަށް ލޯބިކުރާ އަދި މެޗުތަށް ބަލާލުމަށް ގޯސިޔާއަށް ވަޑައިގަންނަވާ ފަރާތްތަކަށް އެރެސްޓޯރެންޓުން ވަނީ ޚާއްސަ ހެޕީ އަވާ ޕްރޮމޯޝަނެއް ތައާރަފްކޮށްފައެވެ. މި ޕްރޮމޯޝަންގައި ކޮންމެ 4 ކޮފީއަށް އިތުރު ކޮފީއެއް ހިލޭ ލިބޭނެއެވެ.

މި ޕްރޮމޯއާއި ގުޅޭގޮތުން ގޯސިޔާގެ ވެރިޔާ އުމަރު ވާއިލް ވިދާޅުވީ ވޯލްޑްކަޕް މެޗުތަށް މިއަހަރު ބާއްވާ ގަޑިތަކަށް ޚާއްސަ ހެޕީ އަވާ ޕްރޯމެއް ފެށީ މެޗުތަށް ބަލާލުމަށް ގޯސިޔާއަށް ވަޑައިގެން އަގުހެޔޮކޮށް ކޮފީއެއް ބޯލުމަށް ފުރުސަތު ދިނުމަށް ކަމަށެވެ. އެގޮތުން މިއަދު ފެށި ޕްރޮމޯޝަނާއި އެކު 4 ކޮފީގެ އަގަށް 5 ކޮފީ ލިބިގެންދާނެކަން ވާއިލް ފާހަގަކުރެއްވި އެވެ.

View post on Facebook

ކޮފީ ޕްރޮމޯޝަންގެ ހެޕީ އަވާގެ ގޮތުގައި ކަނޑައަޅާފައިވަނީ މެންދުރު ފަހު 03:00 އިން ފެށިގެން ދަންވަރު 03:00 އާއި ހަމައަށެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދު ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގޯސިޔާ ވޯލްޑްކަޕް ވައިބްގެ އިތުރު ޑީލްތަކެއް މި ހަފްތާގެ ތެރޭގައި ފެށުމަށް ވަނި ތައްޔާރުވެފައި އެވެ.

ވޯލްޑްކަޕާއި ދިމާކޮށް ގޯސިއާގައި ބޮޑު ސްކްރީނުގައި މެޗު ބެލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ވޯލްޑް ކަޕުގެ ހުރިހާ މެޗެއް ގޯސިޔާގެ ބޮޑު ސްކްރީނުގައި އަޅުވާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ