logoEN
cocacola
ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރީ އެއްވެސް ޝަކުވާއަކަށް ބެލުމެއް ނެތި - ސަޙާޢުﷲ

ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރީ އެއްވެސް ޝަކުވާއަކަށް ބެލުމެއް ނެތި - ސަޙާޢުﷲ

Admin

logo

11/14/2022, 11:41:33 PM

# ޕީޕީއެމް/ޕީއެންސީ

875AF38B-FB38-44A2-90CA-BE2AFED970DF

މިމަހުގެ ކުރީ ކޮޅު ބޭއްވި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ދާއިރާތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފައިވަނީ ކެނޑިޑޭޓުންގެ އެއްވެސް ޝަކުވާއަކަށް ބެލުމެއް ނެތި ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށް އެ އިންތިހާބުގައި ތިނަދޫ ދެކުނު ދާއިރާގެ ރައީސް ކަމަށް ވާދަކުރި ސަޙާޢުﷲ ޝަމީމް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

undefined

ސަޙާޢު މިމޭރުމުން މިރޭ ފޭސްބުކުގައި ކުރެއްވި ފޯސްޓެއްގައި އިތުރަށް ވިދާޅުވީ އިންތިހާބާއި ގުޅިގެން ބޮޑެތި މައްސަލަތަކުގެ މައުލޫމާތާއި ކަންހިނގާދިޔަ ގޮތާއި ކަންކުރި މީހުންނަކީ ކޮބައިކަން ސާފުކޮށް ބުނެ ލިޔެކިޔުންތަށް ޕާޓީއަށް ފޮނުވިފައިވާނެ ކަމަށެވެ. ޤަވާއިދާ ހިލާފަށް ކުރި ހުރިހާ ކަމެއްގެ ވާހަކަ އިލެކްޝަންސްގެ ޓީމާއި ހިއްސާކުރި ކަމަށެވެ. އަދި ސަޙާޢު ވަނީ ވޯޓު ފޮށްޓަށް އިތުރަށް ވޯޓު އެޅިކަމަކީ އެންމެނަށް އިނގޭ ބޮޑު ސިއްރެއްކަމަށް ބުނެފައި އެވެ.

undefined

ކެނޑިޑޭޓެއްގެ އޮބްޒާވަރަކު އިލެކްޝަންގެ ހުރިހާ މަސައްކަތަކާއި ހަވާލުވެ ކުރީ ޕާޓީގެ އިތުބާރުހިފޭ މަޤާމްތަކުގައި ތިބި ދެތިން މީހެއްގެ އެހީތެރިކަމާއި މަކަރުވެރި ރޭވުމެއްގެ ތެރެއިން ޕާޓީގެ މަދުބަޔެއްގެ މަންފާއަކަށްޓަކައި ޕާޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާކަމަށް ސަހާއު ވަނީ ތުހުމަތުކޮށްފައެވެ. އަދި މި އިންތިހާބުގައި ހިންގި ކަމަށް ބުނާ ޖަރީމާތަށް ތިލަވާނެކަންވެސް ސަޙާޢު ވަނީ ވިދާޅުވެފައި އެވެ.

ސަޙާއު އިތުރަށް ވިދާޅުވީ ބޭނުންް ގޮތަކަށް މޮޑެން އޮތް ފުށްގަނޑަކަށް ތިނަދޫ ޕީޕީއެމް ނެހެދޭނެ ކަމަށާއި ބޭއިންސާފުގެ ވާހަކަ ނުހުއްޓުވޭނެ ކަމަށެވެ. އަދި އިންސާފު ކުރިމައްޗަށް ގެންދެވޭނެ ވަގުތެއް އަންނާނެ ކަމަށާއި ޕާޓީގެ މަދުބަޔެއްގެ މަސްލަހަތަށްޓަކައި އެހެން ބަޔެއްގެ ހައްގުތަށް ނިގުޅައި ނުގަނެވޭނެ ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ހައްގު ބަސް ބުނާ ކޮންމެ ފަހަރަކު ޕާޓީ ބަދުނާމު ކުރާކަމަށްބުނެ ޓެގު ނޭޅުވޭނެ ކަމަށާއި ހުންނެވީ ޕާޓީއާއި ރައީސް ޔާމީނު އާއި އެކު ވަރަށް ސާބިތު ކަމާއި އެކު ހުންނެވިކަން ސަޙާއު ފާހަގަކުރެއްވި އެވެ.

ސަޙާއު ނިންމާލަމުން ވިދާޅުވީ މި އިންތިހާބުގައި އިލެކްޝަން ޓީމުން ކަންތަށް ކުރި ގޮތް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ޕީޕީއެމް ތިނަދޫ އުތުރު ދާއިރާގެ 5 ކެނޑިޑޭޓަކު ސޮއިކޮށް އިންތިހާބު އިނސާފުވެރި ނޫންކަމަށް ބަޔާނެއް ނެރެފަވާއިރު ތިނަދޫ ދެކުނު ދާއިރާގެ 7 ކެނޑިޑޭޓަކު ވަނީ އިންތިހާބު އިންސާފުވެރި ނޫންކަމަށް ބުނެ ބަޔާން ނެެރެފައެވެ. ތިނަދޫގެ 2 ދާއިރާއިން ޖުމްލަ 12 ކެނޑިޑޭޓަކު އިންތިހާބު އިންސާފުވެރިނޫން ކަމަށާއި އެ ބޭފުޅުންގެ ހައްގު ގެއްލިފައި ވާކަމަށް ބުނެ ޕާޓީ އޮފީހަށް ރަސްމީކޮށް މައްސަލަ ހުށަހަޅާފައި ވަނިކޮށް މިކަމަށް ބެލުމެއްނެތި މިއަދު ދާއިމީ ނަތީއްޖާ އިއުލާން ކޮށްފައިވާތީ މި ކެނޑިޑޭޓުން ވަނީ މިކަމާއި ދެކޮޅަށް އަޑުއުފުލާފައެވެ.

https://gaafu.mv/89984

ތިނަދޫގައި ވޯޓްކަރުދާސް ޕްރިންޓްކޮށް ވޯޓް އޮޅުވާލިކަމަށް ބުނެ ވީޑިއޯއެއް މީސްމީޑިއާގައި ލީކްކޮށްލާފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ