މަޅި ފުޓްސަލް ޗެލެންޖް – ފައިނަލުގައި މަސްއޮޑި ދެޓީމް

ޑުޕާ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި މުބާރާތުގެ މަސްއޮޑިގެ ދެޓީމުކަމަށްވާ މަސްއޮޑި ސްޕޯޓްސް ކްލަބް އަދި މަސްއޮޑި ޓައިޓެންސް ވާދާކުރަން ޖެހިއްޖެއެވެ.

މި ދެޓީމުވެސް މުބާރާތުގެ ފައިނަލާއި ހަމަޔަށް ދަތުރުކޮށްފައިވަނީ ވާދަވެރި ކުރިމަތިލުންތަކަކަށްފަހުއެވެ. އެގޮތުން މަސްއޮޑި ސްޕޯޓްސް ކުލަބް ވަނީ ކުއާޓާގައި  0-5 ގެ ތަފާތުން  ވަރުަގަދަ ނޮއޭނާ ބަލިކޮށް ސެމީގައި ރެމްޕޭޖް 4-2 ގެ ތަފާތުން މޮޅުވެފައެވެ. އަދި މަސްއޮޑި ޓައިޓެންސް ސެމީއަށް ދަތުރުކޮށްފައިވަނީ ސީކޭ  2-0 ބަލިކޮށްގެންނެވެ. ނަމެވެސް ސެމީގައި ވާދަކުަރަން އޮތް ޓީމްކަމަށްވާ ވީކޭ ދަނޑަށް ހާޒިރުނުވުމުގެ ސަބަބުން ވަނީ އެ މެޗް ޓައިޓެންސް އަށް  2-0 ތަފާތުން ލިބިފައެވެ.

މިމުބާރާތުގެ ފޭވަރަިޓުންގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަނީ މަސްއޮޑި ސްޕޯޓްސް ކުލަބެވެ. އެގޮތުން އެކުލަބަކީ ރާއްޖޭގެ އެންމެ ނަން ވިދާ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ވަރުގަދަ ޓީމެކެވެ. އަޔާޒް އަހުމަދް ( އަޔާ ) އަދި ހުސެއިން ޝަރީފް ( އޮންލީ ) ފަދަ ކުޅުންތެރިންނަކީ ރާއްޖޭގެ ފުޓްސަލް ލެވެލްގައި އެންމެ ވަރުގަދަ ކުޅުންތެރިންގެ ލިސްޓުގައި އެންމެ ކުރިން ޖާގަ ހޯދައިފައިވާ ހުނަރުވެރި ކުޅުންތެރިންތަކެކެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީ ވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް