logoEN
cocacola
އަލިފާނުގެ ހާދިސާގައި އަންހެނަކު ނިޔާވެއްޖެ

އަލިފާނުގެ ހާދިސާގައި އަންހެނަކު ނިޔާވެއްޖެ

އަޙްމަދު ޖަމީލު

logo

11/10/2022, 4:05:24 AM

photo_2022-11-10_01-17-25

މާލޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީ އަންހެނަކު ނިޔާވެއްޖެއެވެ.

ގޮސިޔާ

އެމީހާ ނިޔާވެފައި އޮއްވާ ފެނުނީ އަލިފާން ރޯވި އިމާރާތުގެ 2 ވަނަ ފަންގިފިލާއިންނެވެ. އެއީ ބިދޭސީން ދިރިއުޅެމުންދާ ތަނެއްކަމަށް މައުލޫމާތުލިބެއެވެ.

އޭނާގެ ހަށިގަނޑު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އިތުރު މީހަކުވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފަވެއެވެ.

މިރޭ 12:30 ހާއިރު ރޯވެފައި ވަނީ މާލޭގެ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައެވެ. އަލިފާންގަޑު ކޮންޓްރޯލް ކުރެވުނީ 2:00 އެހާކަންއިރުގައެވެ. ނަމަވެސް އެ ސަަރަހައްދުން އަދިވެސް ދުން އަރަމުންދާ ކަމަށް މައުލޫމާތު ލިބެެއެެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ