logoEN
ޕީއެންސީ 2
އަންނަ އަހަރު 1.8 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ

އަންނަ އަހަރު 1.8 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ

އައިޝަތު އިފާޝާ

logo

10/31/2022, 10:45:31 AM

# ފަތުރުވެރިކަން

tourists-1024x683-672x428

އަންނަ އަހަރު ރާއްޖެ އަށް 1.8 މިލިއަން ފަތުރުވެތިން އަންނާނެ ކަމަށް ސަރުކާރުން ލަފާކޮށްފިއެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި ބުނެފައި ވަނީ އަންނަ އަހަރު ރާއްޖެ އަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާ ކުރެވެނީ 1.8 މިލިއަން ފަތުރުވެރިން ކަމަށެވެ.

ޝަރީ 2024

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ކަންކަން މެނޭޖްކުރުމުގައި ރާއްޖޭގެ އިގްތިސާދުގެ ވިންދު ދަމަހައްޓައި، ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކުގެ ދިރުން މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމާއި، ސިނާއަތްތަކުގެ ކުރިއެރުން 2021 ވަނަ އަހަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

“މި ހިނގާ 2022 ވަނަ އަހަރު އަޅުގަނޑުމެން އަންދާޒާއާ އެއްގޮތަށް 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވޭ. ކުރިއަށް މި އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން. މި އަހަރުގެ މިހާތަނަށް އެކަނިވެސް ވޭތުވެދިޔަ އަހަރު ޒިޔާރަތްކުރި މިންވަރަށް ފަތުރުވެރިން ޒިޔާރަތްކޮށްފި. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު އަޅުގަނޑުމެންގެ އަންދާޒާއަށްވުރެ މަތިވާނެ. 2023 ވަނަ އަހަރު ރާއްޖެ އަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ބެލެވޭ. މިއީ 2019 އަށް ވުރެ ގިނަ އަދަދަކަށް ޒިޔާރަތްކުރާނެ، ފަތުރުވެރިކަމުގެ ރެކޯޑްތައް މުގުރާލާނެ އުންމީދު ބޮޑު އަހަރެއް،” އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ “މޯހިރު”ގައި އެއާ ގުޅިފައިވާ ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާތައް ވެސް އަންނަ އަހަރު ކުރިއަރާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިވެސް އަންނަ އަހަރު ކުރިއަރާނެ ކަމަށާއި ދައުލަތުގެ ބަޖެޓުން ހިންގާ މަޝްރޫއުތަކާއި ޕްރައިވެޓް ސެކްޓަރގެ މަޝްރޫއުތަކުގެ އެހީގައި އިމާރާތްކުރުމުގެ ދާއިރާވެސް އަންނަ އަހަރު ކުރިއަރާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

މިއަހަރަށް ސަރުކާރުން 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ރާއްޖެ އަށް 1.3 މިލިއަން ފަތުރުވެރިން ވަނީ އައިސްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ