logoEN
ކޮކާކޯލާ
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އައިޝަތު އިފާޝާ

logo

10/30/2022, 10:48:52 AM

# ފުލުހުން# މަސްތުވާތަކެތި

3_16da68aa88

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ބ. ދަރަވަންދޫ ޕޮލިސް ޑެސްކުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

އަބުޅޯ

މި ތަކެތި ނައްތާލާފައިވަނީ އޮކްޓޯބަރ 27 ވަނަ ދުވަހު ދަރަވަންދޫ އިކޯ ސެންޓަރުގެ ގޯތިތެރޭގައެެވެ.

އެގޮތުން، ނައްތައިލާފައިވަނީ 770 ފުޅި ބަނގުރާ އަދި 428 ދަޅު ބިޔަރެވެ. މިތަކެއްޗަކީ މި އަހަރުގެ ޖަވަނަރީ މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.

އޭގެ އިތުރުން، ބަނގުރާގެ މައްސަލައެއްގައި ދަރަވަންދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވާ 20 ލީޓަރުގެ ހަމެއްގައިހުރި ބަނގުރާވެސް ވަނީ ނައްތާލާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ