logoEN
ޕީއެންސީ 2
މީހާ ނިޔާވީ ފުލުހުންގެ އިހުމާލުންތޯ ބަލަނީ

މީހާ ނިޔާވީ ފުލުހުންގެ އިހުމާލުންތޯ ބަލަނީ

ގާފު އެޑިޓޯރިއަލް

logo

10/25/2022, 6:43:11 PM

breaking ބްރޭކިންގް

މިއަދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ސިއްޙީ ކުއްލި ހާލަތެއް ދިމާވެގެން ނިޔާވި ގދ. ހޯނޑެއްދޫ ޒުވާނާ މަރުވުމުގެ ފަހަތުގައި ފުލުހުންގެ އިހުމާލެއްވޭތޯ ބެލުމަށް ކަމާ ގުޅުންހުރި މުވައްސަސާތަކަށް ހުށަހަޅައިފިއެވެ.

ޝަރީ 2024

ފުލުހުންގެ މީޑިއާ އޮފިޝަލް، ނޫސްތަކަށް މައުލޫމާތު ދެމުން ވިދާޅުވީ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކު މެޔަށް ތަދެއް އަރައި ސީޒަރ އެއް ޖެހުން ފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ. މަޑަވެލި ހެލްތް ސެންޓަރަށް ގެންދިޔަ ކަމަށާއި، ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

މިހާދިސާއާ ގުޅޭ މައުލުމާތު ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި، ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށް ތަހުގީގުކޮށްދިނުމަށް މިހާރު އެދިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ގާފު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ނިޔާވެފައިވަނީ ގދ. ހޯނޑެއްދޫގައި ހިންގި ޑްރަގް އޮޕަރޭޝެއްގައި ހައްޔަރަށް ގެންދިޔަ ފަހުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އޮޕަރޭޝަނުގައި ދެމީހަކު ހައްޔަރުކޮށްގެން ލޯންޗެއްގައި ކަނޑުމައްޗަށް ނުކުތުމަށްފަހު ގދ. މަޑަވެއްޔަށް އެ ލޯންޗު ދިޔައީ ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު މެޔަށް ތަދެއް އަރައިގެންނެވެ.

އެމީހާ ނިޔާވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ކަމަށްވުމުން އޭނާ މަރުވުމުގައި ފުލުހުންގެ އިހުމާލުއޮތް ކަމަށް ބުނެ މަޑަވެލީގައި މިވަގުތު ދަނީ އިހްތިޖާޖް ކުރަމުންނެވެ.

ތަފްސީލް އަންނަނީ...

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ