logoEN
cocacola
ހޯނޑެއްދޫން ހައްޔަރުކުރި މީހަކު މަރާލި ކަމުގެ ތުހުމަތު ފުލުހުންނަށް

ހޯނޑެއްދޫން ހައްޔަރުކުރި މީހަކު މަރާލި ކަމުގެ ތުހުމަތު ފުލުހުންނަށް

ގާފު އެޑިޓޯރިއަލް

logo

10/25/2022, 6:41:11 PM

# ފުލުހުން

breaking ބްރޭކިންގް

ގދ. އަތޮޅުގެ ރަށެއްގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ކުއްލި ގޮތަކަށް މަރުވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ގޮސިޔާ

ގާފު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ޑްރަގް އޮޕަރޭޝަން ހިންގާފައިވަނީ ގދ. ހޯނޑެއްދޫގައެވެ. އެރަށުން ދެމީހަކު ހައްޔަރުކޮށްގެން ލޯންޗެއްގައި ކަނޑުމައްޗަށް ނުކުތުމަށްފަހު ގދ. މަޑަވެއްޔަށް އެ ލޯންޗު ދިޔައީ ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު މެޔަށް ތަދެއް އަރައިގެން ކަމަށް މައުލުމާތު ލިބެ އެވެ.

މަޑަވެލިން ވާހަކަ ދެއްކި މީހަކު ބުނީ، އެމީހާ މިހާރު މަރުވެފައިވާ ކަމަށެވެ. އަދި އެމީހާ އެރަށަށް ގެންދިޔައީ ފުލުހުން ތިބި ލޯންޗަކުން ކަމަށްވެސް އެމީހާ ބުންޏެވެ. އެނގިފައިވާ ގޮތުގައި ނިޔާވެފައިވަނީ، ގދ. ހޯނޑެއްދޫ، އަބްދުﷲ ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް، ނޫސްތަކަށް މައުލޫމާތު ދެމުން ވިދާޅުވީ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކު މެޔަށް ތަދެއް އަރައި ސީޒަރ އެއް ޖެހުން ފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ. މަޑަވެލި ހެލްތް ސެންޓަރަށް ދިޔަ ކަމަށާއި، ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

މިހާދިސާއާ ގުޅޭ މައުލުމާތު ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި، ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށް ތަހުގީގުކޮށްދިނުމަށް މިހާރު އެދިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެމީހާ ނިޔާވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ކަމަށްވުމުން އޭނާ މަރުވުމުގައި ފުލުހުންގެ އިހުމާލުއޮތް ކަމަށް ބުނެ މަޑަވެލީގައި މިވަގުތު ދަނީ އިހްތިޖާޖް ކުރަމުންނެވެ.

ތަފްސީލް އަންނަނީ...

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ