logoEN
ޕީއެންސީ 2
ދިވެހިބަހުން ވާހަދައްކާ ފުރަތަމަ ވަރޗުއަލް އެސިސްޓެންޓް އުރީދޫއިން ތައާރަފުކޮށްފި

ދިވެހިބަހުން ވާހަދައްކާ ފުރަތަމަ ވަރޗުއަލް އެސިސްޓެންޓް އުރީދޫއިން ތައާރަފުކޮށްފި

އައިޝަތު އިފާޝާ

logo

10/24/2022, 8:40:08 PM

# އޫރިދޫ

Ff1H_IGagAEjGLT

އުރީދޫ މޯލްޑިވްސް އިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ބަހުން ވާހަކަދައްކާ ވަރޗުއަލް އެސިސްޓެންޓެއް ތައާރަފު ކޮށްފިއެވެ.

ޝަރީ 2024

"އެވީ" ގެ ނަމުން ނަން ދީފައިވާ މި އެސިސްޓެންޓް ތައާރަފު ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާއެވެ.

"އެވީ" މެދުވެރިކޮށް، ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދީ، ހުރިހާ އުމުރުފުރައެއްގެ އެކިކަހަލަ ކަސްޓަމަރުންނަށްވެސް ހިދުމަތްތައް ހޯދުމުގައި ޓެކްނޮލޮޖީގެ އެހީގައި ލުއިގޮތްތައް ފޯރުކޮށްދެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫގެ ޑިޖިޓަލް އެސިސްޓެންޓް، އެވީ މެދުވެރިކޮށް މޯބައިލް ކަސްޓަމަރުންނަށް ކަސްޓަމަރ ކެއާ އެޖެންޓަކާ ވާހަކަ ދެއްކުމަށް ކޯލްގައި ވަގުތު ހޭދަ ނުކޮށް ޑޭޓާ އާއި އެސްއެމްއެސް އާއި ވޮއިސް އަދި ބިލް ބެލެންސް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.

View post on Twitter

929 އައިވީއާރު، ފޭސްބުކް މެސެންޖާ އަދި ވައިބާ ޕްލެޓްފޯމް މެދުވެރިކޮށް ފަސޭހަކަމާއެކު މި ހިދުމަތް ހޯދުމަށް މިހާރު ހުޅުވަލާފައިވާއިރު، އެހެން ބޮޓުތަކެކޭ އެއްފަދައިން އެވީވެސް މިވަގުތު ހުރީ ދިވެހި ބަހުން ކަސްޓަމަރުންނާ މުއާމަލާތްކުރުމުގެ އުނގެނުމުގެ މަރުހަލާގައި ކަމަށް އުރީދޫ އިން ބުންޏެވެ. މެޝިން ލަރނިންގ މެދުވެރިކޮށް އެވީ ހިދުމަތް އިތުރަށް ރަނގަޅުކޮށް ކުރިއަށް އޮތް ތަނުގައި ކަސްޓަމަރުންނަށް ލިބޭ ޚިދުމަތްތައް ފުޅާވެގެންދާނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.

ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޑިޖިޓަލް ކެއަރ އެސިސްޓެންޓް "އެވީ" އަށް އިތުރަށް އިންވެސްޓްކޮށް، ޚިދުމަތް އިތުރަށް ތަރައްގީކޮށް، ޑިޖިޓަލް ޗެނަލްތަކުގައި ކަސްޓަމަރުންގެ މެދުގައި އޮންނަ މުއާމަލާތްތައް ބަދަލުކުރުމަށް ކުރިއަށް އޮތްތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށާއި އެވީ ބޭނުންކޮށްގެން އުރީދޫއިން ކަސްޓަމަރުން ހޯދަން ބޭނުންވާ ހުރިހާ މައުލޫމާތާއި ހިދުމަތްތައް ފޯރުކޮށްދިނުން އޮޓޮމޭޓްކޮށް، މިހާރަށްވުރެ ހަރުދަނާ އަދި ހަލުވި ހިދުމަތެއް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ވެސް އުރީދޫ އިން ދެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ