2030 އަށް ރާއްޖެއިން ޖައްވަށް ދޫކުރާ ވިހަ ގޭސް %26 އަށް ކުޑަކުރުމަކީ އަމާޒެއް – މިނިސްޓަރ

މިވަގުތު ރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން 2030 ވަނަ އަހަރަށް ދިވެހިރާއްޖެއިން ދޫކުރާ ވިހަ ގޭސް 26 އިންސައްތައަށް ކުޑަކުރުމަކީ އަމާޒެއްކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ކްލައިމެޓް އެޑެޕްޓޭޝަން ސަމިޓް 2021 ގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރިމަތިވާ ގެއްލުންތަކަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި އެކަމާއި ގުޅިގެން މީހުންގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި މި ގެއްލުންތައް ކުރިމަތިވާލެއް ގިނަވަމުން އަންނަ ކަމަށާއި މީގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް ކުރުމަށް އިތުރު ދަތިތަކާއި ކުރިމަތިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ހަމައެއާއި އެކު މި ގެއްލުންތައް ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ އެކަމަކަށް ވަރަށް ގިނަ ފައިސާގެ އެހީ އާއި ވަސީލަތްތައް ބޭނުންވާނެ ކަމެއްކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައިއެވެ.

ކޮވިޑް 19 ގެ ސަބަބުން ދިވެހިރާއްޖޭގެ ޖީޑީޕީ އަށް އަސަރުކޮށްފައިވާކަމަށާއި މި ސަރުކާރުގެ އެއް ޕޮލިސީ އަކީ ކޮވިޑް 19 ގެ ވަބާއިން އަރައިގަންނައިރު ވަރުގަދަކޮށް ތަރައްޤީގެ ކަންކަމާއިގެން ކުރިއަށްދިއުންކަމަށާއި ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ގައި ކްލައިމެޓް އެޑެޕްޓޭޝަން ހަރުދަނާކުރުމަށް ހިމަނާފައިވާނެކަންވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެ ހިއްސާކުރަނީ ދުނިޔޭގެ ނިސްބަތުން ޖައްވަށް ދޫކުރާ ވިހަގޭހުގެ އެންމެ 0.003 އިންސައްތަ ކަމަށާއި އެހެންނަމަވެސް، ދިވެހިރާއްޖެއިން ލީޑަރޝިޕް ދައްކާނެކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ހަރުދަނާ ބޮޑެތި ފިޔަވަޅުތައް އެޅުމަށާއި ބޮޑެތި ނިންމުންތައް ނިންމުމަށް ގޮވާލާނެކަމަށާއި އަދި މިކަމުގައި ސާބިތުވެ ހުންނަވާނެކަންވެސް ވަނީ ވިދާޅުވެފައިއެވެ.

ކްލައިމެޓް އެޑެޕްޓޭޝަން ސަމިޓް 2021 ގައި ދުނިޔޭގެ އެކި ޤައުމުތަކުން ސައިންޓިސްޓުންނާއި، ޕްރައިވެޓް ސެކްޓަރ އާއި، ސިވިލް ސޮސައިޓީ އަދި ޔޫތް ރިޕްރެޒެންޓޭޓިވްސް ހިމެނޭގޮތަށް ޖުމްލަ 18،500 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި 50 މިނިސްޓަރުންނާއި ދުނިޔޭގެ 30 ލީޑަރުންނާއި 50 އިންޓަރނޭޝަނަލް އޯގައިނައިޒޭޝަންތަކުން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް