logoEN
ކޮކާކޯލާ
ގްރީޒްމަންގެ 100 ވަނަ ގޯލާއިއެކު އެތުލެޓިކޯ މެޑްރިޑްއަށް މޮޅެއް!

ގްރީޒްމަންގެ 100 ވަނަ ގޯލާއިއެކު އެތުލެޓިކޯ މެޑްރިޑްއަށް މޮޅެއް!

އަޙްމަދު ޖަމީލު

logo

10/16/2022, 6:08:57 AM

# އެތްލެޓިކޯ މެޑްރިޑް# ލަލީގާ

F12DB238-32B8-4D48-BF0F-4EA02EAF43F9

ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަންގެ 100 ގޯލާއި އެކު އެތުލެޓިކް ބިލްބާއޯ 1-0 ބަލިކޮށް އެތުލެޓިކޯ މެޑްރިޑްއިން ރޭ ލަލީގާ ގައި ކުޅުނު މެޗް ކާމިޔާބު ކޮށްފިއެވެ.

އަބުޅޯ

މެޗްގެ ޖެގި ހަމަ އެކަނި ގޯލް ޖަހާފައި ވަނީ މެޗުގެ 47 ވަނަ މިނެޓްގައި މޮރާޓާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ގްރީޒްމަންއެވެ. މިއީ ދާއިމީ އެއްބަސްވުން ހެދުމަށްފަހު ގްރީޒްމަން ކުލްބަށް ޖަހާދިން ފުރަތަމަ ގޯލެވެ.

ކުޅުމުގެ ތެރެއިން އެތްލެޓިކްގެ ރައުލް ގާސިއާ ފޮނުވާލި ބާރު ހަމަލާ އެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި ނަމަވެސް މެޗު ގިނަވަގުތު ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ އެތުލެޓިކޯ މެޑްރިޑްއިންނެވެ.

އިތުރު ވަގުތުގެ އެއްމެ ފަހު މިނެޓުގައި ރެނިލްޑޯ މަންޑަވާ އަތުގައި ބޯޅަ ޖެހި އެތުލެޓިކް ބިލްބާއޯއަށް ލިބުނު ޕެނެލްޓީ ވީއޭއާރު އިން ޗެކް ކުރުމަށްފަހު ވަނީ ޕެނެލްޓީއެއް ނޫން ކަމަށް ނިންމާފައެވެ.

މި މޮޅާއި އެކުއެތުލެޓިކޯ މެޑްރިޑް އޮތީ ކުޅުނު 9 މެޗުން 19 ޕޮއިންޓާއިއެކު ތާވަލު 3 ވަނާގައެވެ. ލީގުގެ ތާވަލު 1 ވަނާގައި މިވަގުތު އޮތީ ކުޅުނު 8 މެޗުން ލިބުނު 22 ޕޮއިންޓާއިއެކު ބާސެލޯނާއެވެ. ބާސާ 1 ވަނާގައި އޮތީ ފައިދާ ގޮލްގެ ތަފާތުންނެވެ. 2 ވަނާގައި އޮތް ރެޔާލް މެޑްރިޑްއަށް ވެސް ކުޅުނު 8 މެޗުން 22 ޕޮއިނޓް ލިބިފައިވެއެވެ.

ބާސެލޮނާއާއި ރެޔާލް މެޑްރިޑް ބައްދަލު ކުރާ މެޗް ރާއްގެ ގަޑިން މިރޭ 19:15 ފަށާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ