logoEN
cocacola
އައްޑޫގެ ތަރައްގީއާ ބެހޭގޮތުން މެމްބަރު މުޣުނީ ދެއްކި ވާހަކަތަކަށް ހިތަދޫ ޕީޕީއެމްގެ ރައްދެއް

އައްޑޫގެ ތަރައްގީއާ ބެހޭގޮތުން މެމްބަރު މުޣުނީ ދެއްކި ވާހަކަތަކަށް ހިތަދޫ ޕީޕީއެމްގެ ރައްދެއް

އައިޝަތު އިފާޝާ

logo

10/12/2022, 9:19:22 PM

# ޕީޕީއެެމް# އައްޑޫ ސިޓީ# އަބްދުލް މުޣުނީ

mECtlpelOCPIt9lehNSf0SX0dUjC1SW3Ivf5NIZv

ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގައި މިއަދު އައްޑޫ ސިޓީގެ ތަރައްގީއާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ދެއްކެވި ވާހަކަތަކާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ދެއްކި ވާހަކަތަކާއި ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހިތަދޫ 3 ދާއިރާއިން އެކަން ކުށްވެރިކޮށް ނޫސްބަޔާނެއް ނެރެފިއެވެ.

ގޮސިޔާ

އެ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި އިކޮނޮމިކް މިނިސްޓްރީން ދެއްކި ވާހަކަތަކަށްް ބަލާއިރު އައްޑޫ ސިޓީގެ ތަރައްގީއަށް އެއްވެސް ޕްލޭނެއް މިސަރުކާރުގައި ނެތްކަން ފާހަނގަކުރެވިފައިވާ ކަމަށާއި ހާއްސަކޮށް އައްޑޫ ސިޓީގައި 8000 އެނދު ތަރައްގީ ކުރުމަށް މިސަރުކާރުން ވެފައިވާ ވައުދުގެ އެންމެ ޕަސެންޓެއްވެސް ކުރިއަށް ގޮސްފައިނުވާކަން ހިތާމައާއެކު ފާހަގަކުރާކަމަށެވެ.

އަދި އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް އިންޑީއާގެ އެގްޒިމް ބޭންކުން 70 މިލިއަނެއްހައި އެމެރިކާ ޑޮލަރު ދަރަންޏަށް ނަގައިގެން އިއުލާނުކޮށްފައިވީ ނަމަވެސް އައްޑޫގައި ފަތުރުވެރިކަން ތަރައްގީކުރުމުގެ ވާހަކަ ސަރުކާރުން ދައްކަނީ އެކަމާ ގުޅޭ އެކަށީގެންވާ ދިރާސާއެއް ނަހަދާކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އައްޑޫގެ ތަރައްްގީއާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން މިއަދު ހުށަހެޅި ޕްރެޒެންޓޭޝަނާއި ގުޅިގެން އައްޑޫގެ ޓުއަރިޒަމްއާ ގުޅުވާ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ބުނުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

https://gaafu.mv/83842

އަދި އައްޑޫއަށް ފަތުރުވެރިން އަންނަ މިންވަރަށް ވުރެ ގިނައިން ހުވަދޫގައި އޮތް ޑޮމެސްޓިކް އެއާޕޯޓަށް ފަތުރުވެރިންް އަންނަ ކަމަށްވެސް މުޣުނީ ބުނެފައިވާ ކަމަށާއި، އައްޑޫ ސިޓީގެ ޓޫރިޒަމް ތަރައްގީ ވެގެން ދިއުމަކީ މުޣުނީ ވަރަށް ކަންބޮޑުވާ ކަމެއްކަން ތަކުރާރުކޮށް ފާހަގަކުރައްވާފައިވާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އެބަޔާނުގައި ވަނީ ރައްްޔިތުންްްގެ މަޖިލީހުގައި އައްޑޫއަށް ނިސްބަތްވާ އެމްޑީޕީގެ 7 މެމްބަރުން ތަމްސީލުކުރާއިރު، އެމްޑީޕީ މެމްބަރަކު އެފަދަ ވާހަކައެއް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެެ. އަދި އެއީ އެމްޑީޕީގެ އެއްވެސް ސަރުކާރެއްގައި އައްޑޫ ސިޓީ ތަރައްގީ ކުރުމުގެ ވިސްނުން ނެތްކަންް ހާމަވާ ކަމެއް ކަމަށާއި މިފަދަ ކަންކަމުގައި ރައްޔިތުންް ވޯޓު ދީގެން ހޮވާފައިތިބި އައްޑޫ ސިޓީގެ މަޖިލިސް މެމްބަރުން އެއްވެސް ގޮތަކަށް "ރިއެކްޓް" ނުކުރެއްވުމަކީ އެބޭފުޅުން ކޮންމެވެސް ކަހަލަ ތާށިކަމެއްގައި އަނގަޔާއި ދޫ ބަންދުވެފައި ތިބިކަމަށް ބެލެވޭ ކަމެއް ކަމަށް އެބަޔާނުގައި ވަނީ ތުހުމަތު ކުރައްވާފައެވެ.

އަދި މުޣުނީގެ ވާހަކަތަކާއި މިސަރުކާރުންް އައްޑޫ ސިޓީއަށް ވަމުންދާ އިހުމާލު އައްޑޫ ސިޓީގެ ތަރައްގީއަށް ލޯބިކުރާ އެންމެހާ ރައްޔިތުންްގެ ނަމުގައި ކުށްވެރިކުރާ ކަމަށާއި، އައްޑޫ ސިޓީ ތަރައްގީ ކުރުމުގައި ރައީސް ޔާމީންގެ ފުރިހަމަ ވިޝަންް އެއް އޮތް ކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

View post on Twitter

އައް އައްޑޫއަށް އެކި ދާއިރާތަކުން ތަރައްގީ އާއި ކުރިއެރުން ހޯދައިދެވޭނީ ރައީސް ޔާމީނަށް ކަމަށާއި، އެހެންކަމުން ވަކި ސިޔާސީ ފިކުރަކަށް ބެލުމެއްނެތި އައްޑޫ ސިޓީގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށްް އައްޑޫސިޓީގެ ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުންް ދިނުމަށްވެސް އެބަޔާނުގައި ވަނީ ގޮވާލާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ