logoEN
ޕީއެންސީ 2
އައްޑޫގައި އިންޓަރނޭޝަނަލް އެއާޕޯޓެއް އޮތަސް ފަތުރުވެރިން ގިނައިން އަންނަނީ ހުވަދޫއަށް - މުޣުނީ

އައްޑޫގައި އިންޓަރނޭޝަނަލް އެއާޕޯޓެއް އޮތަސް ފަތުރުވެރިން ގިނައިން އަންނަނީ ހުވަދޫއަށް - މުޣުނީ

# އަބްދުލް މުޣުނީ# ތިނަދޫ އުތުރު ދާއިރާގެ މެމްބަރު

mECtlpelOCPIt9lehNSf0SX0dUjC1SW3Ivf5NIZv

ޝަރީ 2024

އައްޑޫގައި އިންޓަރނޭޝަނަލްް އެއާޕޯޓެއްް އޮތަސް އައްޑޫ އަށްވުރެ ގިނައިން ހުވަދޫއަށް ފަތުރުވެރިން އަންނަ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޢުނީ ވިދާޅުވެއްޖެއެވެ.

މެމްބަރު މުޣުނީ މިގޮތަށް ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީގެ އަހަރީ ރިޕޯޓު ހުށަހެޅުއްވުމަށް އެމިނިސްޓްރީގެ މަސްޢޫލުވެރިން މިއަދު މަޖިލީހުގެ އިޤުތިސާދީ ކޮމިޓީއަށް ވަޑައިގެން ހުށަހެޅުއްވި ޕްރެޒެންޓޭޝަނާއި ގުޅިގެން ދެއްކެވި ވާހަކަފުޅެއްްގައެވެ.

އެގޮތުން މުޣުނީ ވިދާޅުވީ، އައްޑޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮންނައިރު އަދި އޮޕަރޭޓުކުރާއިރު އައްޑޫއަށް ފަތުރުވެރިން އަންނަ މިންވަރަށްވުރެ ގިނައިން ހުވަދޫގައި އޮތް ޑޮމެސްޓިކް އެއާޕޯޓަށް ފަތުރުވެރިން އަންނަ ކަމަށެވެ.

މެމްބަރު މުޣުނީ ވިދާޅުވީ، އައްޑޫގައި ފަތުރުވެރިކަން ތަރައްގީކުރުމުގެ ވާހަކައަކީ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުން ފެށިގެން ހުރިހާ ވެރިކަމެއްގައިވެސް ދައްކަމުން އަންނަ ވާހަކައެއް ކަމަށާއި، އެމަސައްކަތް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހަދާފައިވާ ދިރާސާއަކީ ކޮބައިތޯ ސުވާލު އުފެދޭ ކަމަށެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ދަރަންޏަށް 70 މިލިއަނެއްހައި އެމެރިކާ ޑޮލަރު ނަގައިގެން ބޮޑު މަޝްރޫޢެއް ހިންގުމަށް ސަރުކާރުންވަނީ އިއުލާނުކޮށްފައެވެ. އެ މަޝްރޫޢު މިހާރު އޮތީ ޕްރީބިޑިން މަރުހަލާގައިކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އެ މަޝްރޫޢާ ގުޅިގެން މިއަދުގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެ މަޝްރޫޢާއެކު އައްޑޫގެ ފަތުރުވެރިކަން ފުޅާކުރެވި ތަރައްޤީވާނެ ކަމަށެވެ.

މިނިސްޓްރީގެ އެ ވާހަކަފުޅާ ގުޅިގެން މުޣުނީ ވިދާޅުވީ އައްޑޫގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުތަކުން ކުރާ ޚަރަދާ އެއްވަރުގެ ފައިދާއެއް ނެރެވިދާނެކަމަށް އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެކަން ފާހަގަކުރައްވައި މުޣުނީ ސުވާލު އުފައްދަވާފައިވަނީ އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ ވާހަކަ ސަރުކާރުން ދައްކަނީ އެކަމާ ގުޅޭ އެކަށީގެންވާ ދިރާސާއެއް ހެދުމަށްފަހުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން އެ ދިރާސާއަކީ ކޮބައިތޯ މުޣުނީ ވަނީ ސުވާލުކުރައްވާފައެވެ.

މުޣުނީގެ ސުވާލަށް ޖަވާބުދެމުން އިކޮނޮމިކް މިނިސްޓްރީން ބުނީ އެއާޕޯޓު ތަރައްޤީކުރުމުން އިނެވެސްޓަރުންނަށް ފަތުރުވެރިކަމުގެ އެދުތައް ޤާއިމުކުރަން ޔަޤީންކަން ލިބިގެންދާނެ ކަމަށެވެ. ނަމަވެސް އެ މިނިސްޓްރީން އެއްވެސް ދިރާސާއެއްގެ ވާހަކައެއް މިނިސްޓްރީން ފާހަގަނުކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ