logoEN
cocacola
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހޯދަނީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހޯދަނީ

އައިޝަތު އިފާޝާ

logo

10/10/2022, 1:00:14 PM

# ފުލުހުން# ޖިންސީ ގޯނާ

Ibrahhim_Shahin_431d70df49

ޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލެއެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ގޮސިޔާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަން އިއުލާން ކޮށްފައިވަނީ ޏ. ފުވައްމުލައް. ދޫޑިގަން / ނިއުވެލީ، އައިޑީކާޑު ނަންބަރު:A325924 ، އިބްރާހިމް ޝާހީން (35އ) އެވެ.

އޭނާ ހޯދަން އިއުލާންކޮށްފައިވަނީ ލ. ގަން ޕޮލިސް އިން ތަހުގީގު ކުރަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއާއި އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީއެވެ.

މިމައްސަލާގައި އޭނާ މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރު ފަހު 14:00އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

މިމީހާއާ ބެހޭ އެއްވެސް މައުލޫމާތު ލިބިފައިވާނަމަ ލ. ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791261 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން އެދިފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ