logoEN
ކޮކާކޯލާ
އިންޑިއާ ކަނޑުން 200 ކިލޯގެ މަސްތުވާތަކެއްޗާއެކު ބޯޓެއް އަތުލައިގެންފި

އިންޑިއާ ކަނޑުން 200 ކިލޯގެ މަސްތުވާތަކެއްޗާއެކު ބޯޓެއް އަތުލައިގެންފި

އަހުމަދު ޝުރާއު

logo

10/8/2022, 10:28:23 AM

# މަސްތުވާތަކެތި

India drugs 1-700244

ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އާއި އިންޑިއަން ނޭވީ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 200 ކިލޯގެ ހެރޮއިންއާއެކު އީރާނުގެ މަސްބޯޓެއް އަތުލައިގެންފި އެވެ.

އަބުޅޯ

އެންސީބީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް (އޮޕަރޭޝަންސް) ސަންޖޭ ކުމާރު ސިންހް ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ މިހާރު އެޓޯބު އީރާނުގެ ހަ މީހަކާއި ހެރޮއިންއާއެކު މަތަންޗެރީ ވާފްއަށް ގެނެސްފައި ކަމަށެވެ.

"އެންސީބީން މިހާރު ވަނީ އެ ބޯޓާއި 200 ކިލޯގެ ހެރޮއިން އަތުލައިގެންފައި. އީރާނުގެ ހަ ފަޅުވެރިން ވެސް ވަނީ އެންޑީޕީއެސް އެކްޓް 1985 ގެ ކަމާބެހޭ ބައިތަކުގެ ދަށުން ހައްޔަރު ކޮށްފައި،" ސިންހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަސްތުވާތަކެތި ފެނިފައިވަނީ 200 ޕެކެޓުގެ ތެރެއިން ކަމަށާއި އެއިން ކޮންމެ ޕެކެޓެއްގައި އަފްޣާނިސްތާނާއި ޕާކިސްތާނުގައި ހަރަކާތްތެރިވާ ޑްރަގް ކާޓެލްތަކަށް ހާއްސަ ފާހަގަތަކެއް ޖަހާފައިވާ ކަމަށެވެ.

ބައެއް ޑްރަގް ޕެކެޓްތަކުގައި 'ސްކޯޕިއަން' ސީލް މާކިންސް ހުރިއިރު، އަނެއްބައި ޕެކެޓްތަކުގައި 'ޑްރެގަން' ސީލް މާކިންސް ހުރި ކަމަށް ވެއެވެ. އަދި މި ޑްރަގް ޕެކްކޮށްފައި ވަނީ ހަތް ލޭޔަރުގެ ޕެކިންއެއްގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެ އެވެ. އަތުލައިގަތް ޑްރަގަކީ އަފްޣާނިސްތާނުން ޕާކިސްތާނަށް ގެންދިޔަ ޑްރަގެއްކަން ޕްރިލިމިނަރީ ތަހުގީގުން ވަނީ ހާމަވެފައެވެ.

މި ޝިޕްމަންޓް ޕާކިސްތާނުގެ އައްސޭރިފަށުން މިހާރު އަތުލައިގަތް އުޅަނދަށް ބަރުކޮށްފައިވާކަންވެސް ވަނީ ތަހުގީގަށް ހާމަވެފައި އެވެ. އެހެން ކަމުން މި މަސްތުވާތެކެތި ޓްރެފިކް ކުރުމުގައި އިތުރު އުޅަނދުތަކެއް ހަރަކާތްތެރިވިކަމަށް ބެލެވެއެވެ.

ފުލުހުން ބުނީ އެ ބޯޓު އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ދަތުރުކުރީ އެ ޝިޕްމަންޓް ލަންކާގެ އުޅަނދަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ. ނަމަވެސް މި ތަކެއްޗާއި ލަންކާއިން ހަވާލުވާން ދިޔަ އުޅަނދު ދެނެގަނެވިފައެއް ނުވެއެވެ.

ސިންހް ވިދާޅުވީ، ނޭވީއިން މި ބޯޓާއި ކައިރިވުމުން އޭގައި ތިބި މީހުން ކަނޑަށް ފުންމާލައިގެން ފިލަން މަސައްކަތް ކުރި ކަމަށާއި، އެ ޝިޕްމަންޓް ވެސް ކަނޑުގެ އަޑިއަށް އެއްލާލަން މަސައްކަތް ކުރި ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ