logoEN
ޕީއެންސީ 2
ހުވަދު އަތޮޅަށް ނެރުނު ހުދު ސަމާލު ދަންމާލައިފި

ހުވަދު އަތޮޅަށް ނެރުނު ހުދު ސަމާލު ދަންމާލައިފި

White Alert

ހުވަދު އަތޮޅު ހިމެނޭހެން ރާއްޖޭގެ ދެކުނުގެ 4 އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ނެރުނު ހުދު ސަމާލު ދަންމާލައިފި އެވެ.

ޝަރީ 2024

ހުވަދު އަތޮޅާއި ޏ އަތޮޅުގެ އިތުރުން އައްޑު އަތޮޅަށް ހުދު ސަމާލު ދަންމާލާފައިވަނީ ހެނދުނު 10:30 އާއި ހަމައަށެވެ.

View post on Twitter

އެ އިދާރާއިން ބުނީ، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް މޫސުން ގޯސް މިދުވަސްވަރުގައި، ހުރިހާ ފަރާތްތަކުންވެސް ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ