logoEN
ކޮކާކޯލާ
މެކްސިކޯގައި ބަޑީގެ ހަމަލާތަކެއް - މޭޔަރަކާއި އިތުރު 17 މީހަކު މަރުވެއްޖެ

މެކްސިކޯގައި ބަޑީގެ ހަމަލާތަކެއް - މޭޔަރަކާއި އިތުރު 17 މީހަކު މަރުވެއްޖެ

އަލްފާ އަލީ

logo

10/6/2022, 7:10:07 PM

# މެކްސިކޯ

7j3ikr_mexico-shooting-mexico-police-afp_625x300_16_September_18

މެކްސިކޯގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ސެން މިގުއެލް ޓޮޓޮލަޕަންގައި ހުންނަ ސިޓީ ހޯލެއްގައި ބުދަ ދުވަހު ދިން ބަޑީގެ ހަމަލާއެއްގައި 18 މީހުން މަރާލާފައިވާ ކަމަށް މެކްސިކޯގެ ޑެއިލީ އެލް ޔުނިވާސަލް އިން ބުނެފި އެވެ.

އަބުޅޯ

މަރުވި މީހުންގެ ތެރޭގައި ސިޓީގެ މޭޔަރު ކޮންރާޑޯ މެންޑޯޒާ އާއި އޭނާގެ ބައްޕަ ހުއާން ވެސް ހިމެނޭ ކަމަށް އެ ނޫހުން ސްޓޭޓް އެޓާނީ ޖެނެރަލްއާ ހަވާލާދީ ރިޕޯޓްކޮށްފައިވެ އެވެ.

އެ ނޫހުން ބުނީ ހަތިޔާރުއެޅި މީހުން އިމާރާތުގެ ތެރެއަށް ވަދެ ހަމަލާ ދީފައިވަނީ މޭޔަރު މަރާލުމުގެ މަގްސަދުގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި ހަމަލާދިން މީހުންނަކީ ލޮސް ޓެކުއިލެރޯސް ނަމަކަށް ކިޔާ ހަތިޔާރުއެޅި ޖަމާއަތަކަށް ނިސްބަތްވާ ބައެއް ކަމަށް ބެލެވޭ ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މިހާދިސާއާ ގުޅިގެން މިހާތަނަށް ބަޔަކު ހައްޔަރުކޮށްފައި ނުވާއިރު، މެކްސިކޯއަކީ ކުށް ގިނަ ސިޓީކަން ފާހަގަކޮށްލެވެއެވެ. މެކްސިކޯ ފާހަގަވަނީ މަސްތުވާތަކެތީގެ މައްސަލަތައް އެންމެ ގިނަ އެއް ސިޓީގެ ގޮތުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ