logoEN
ޕީއެންސީ 2
ރާއްޖޭގެ ފަތުރުވެރިކަމުގެ މޮޑެލްއަށް ބަހްރައިން ރަސްގެފާނު ތައުރީފްކުރައްވައިފި

ރާއްޖޭގެ ފަތުރުވެރިކަމުގެ މޮޑެލްއަށް ބަހްރައިން ރަސްގެފާނު ތައުރީފްކުރައްވައިފި

# ރައީސުލްޖުމްހޫރިއްޔާ# އިބްރާހިމް މުޙައްމަދު ސޯލިހު

253709_220c6dff-2_

ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާ ރާއްޖޭގެ ފަތުރުވެރިކަމުގެ މޮޑެލް އަށް ތައުރީފް ކުރައްވައިފިއެވެ.

ޝަރީ 2024

އެމަނިކުފާނު ރާއްޖޭގެ ފަތުރުވެރިކަމުގެ މޮޑެލްއަށް ތައުރީފުކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ ބައްދަލު ކުރައްވާ ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ރައީސް ސޯލިހް އާއި ބަހްރައިންގެ ރަސްގެފާނު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ދެ ގައުމުގެ ގުޅުން އާ މަރުހަލާއަކަށް ގެންދެވޭނެކަމަށް އުންމީދުކުރައްވާކަމުގައި ވެސް ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބަޙްރައިންއަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ ވެރިއަކު އެ ގައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުކަމާއި އަދި، މި ދަތުރުފުޅަކީ އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިވެގެންދިޔަ ކާމިޔާބު ދަތުރުފުޅެއްކަން ދެ ބޭފުޅުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއާއި ބަޙްރައިނާ ދެމެދު ބޭއްވެވި ރަސްމީ ވާހަކަތަކަށްފަހު ދެބޭފުޅުން ވަނީ ވަކިން ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ބަޙްރައިނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1980 މާރޗް މަހުގެ 24 ވަނަ ދުވަހުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ