logoEN
ޕީއެންސީ 2
ހިންމަފުށީ ބަނދަރު މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަަސައްކަތް ނިންމައިފި

ހިންމަފުށީ ބަނދަރު މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަަސައްކަތް ނިންމައިފި

# އެމްޓީސީސީ# ކ. ހިންމަފުށި

0-02-03-0c315b2eda5bf16a18a6cb5d152ba59c9b38af51be44948be367dc1e4268f03e_2735f03f7c2

ކ. ހިންމަފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި)ގެ މަސައްކަތް އެމްޓީސީސީން ނިންމައިފިއެވެ.

ޝަރީ 2024

އެމްޓީސީސީން ބުނި ގޮތުގައި އެ މަސައްކަތް ނިންމާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫޢުގެ އަގަކީ 5.30 މިލިއަން ރުފިޔާއެވެ.

އާބާދީގައި 1130 މީހުން ދިރިއުޅޭ ހިންމަފުށްޓަކީ ލޯކަލް ޓުއަރިޒަމް ބާރު ސްޕީޑެއްގައި ކުރިއަރަމުން އަންނަ ރަށަކެވެ. ހިންމަފުށްޓަކީ މިހާރު ފަތުރުވެރިންގެ މެދުގައި ރާޅާއެޅުމަށް ހާއްސަ މަންޒިލެކެވެ. އެހެންކަމުން ގެސްޓްހައުސް ވިޔަފާރިއާއިއެކު މި ރަށުގައި ޑައިވިންގ ދޯނިފަހަރު، ލޯންޗް އަދި ޑިންގީތައް ވަނީ ބޮޑުތަނުން އިތުރުވާން ފަށާފައެވެ. އަދި ލޯކަލް ޓުއަރިޒަމާއެކު ފަރުމަހުގެ މަސްވެރިކަން ފުޅާވެ "ބިގް ގޭމް ފިޝިންގ" އަދި އެކްސްކާރޝަންސް އަށް އޮތް ތަރުހީބު އިންތިހާއަށް ބޮޑުވުމާއެކު މި ރަށުގައި ކުރީގައި އޮތް ކުޑަ ބަނދަރުގެ ބަދަލުގައި، ދެގުނަ ބޮޑު ޒަމާނީ ރީތި ބަނދަރެއް މިއަދު ލިބިގެން ދިޔުމަކީ ރައްޔިތުންނަށް އެތައް ލުއިފަސޭހައަކާއި، ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެއްކަމުގައި ދެކޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އަދި ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި، އިތުރުވަމުންދާ އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ހިންމަފުށީ ރައްޔިތުންނަށް ލިބިގެންދާ ކަމަށާއި ބަނދަރު ތަރައްޤީކުރެވި ފުރިހަމަވެގެންދިޔުމަކީ އިޤްތިސާދީގޮތުން ބެލިކަމުގައި ވިޔަސް މިކަމުގެ ފައިދާ ހިންމަފުށީ ރައްޔިތުންނަށް އިންތިހާއަށް ލިބިގެންދާނެ މުހިއްމު މަޝްރޫޢު އެއް ކަމުގައި އެމްޓީސީސީން ބުނެ އެވެ.

މި މަޝްރޫޢުގެ ދަށުން، 19895 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 9900 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 251 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 15 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 311 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، މިހާރު ހުރި ބަނދަރުގައި 1200 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި، އައު ބަނދަރުގައި 1443 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި، 25 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 63 މީޓަރު ދިގު 4 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިންގ ބްލޮކްސް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ވޭޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ