logoEN
ޕީއެންސީ 2
ވީއައިއޭގެ އާ ރަންވޭ ބޭނުންކުރަން ފަށައިފި

ވީއައިއޭގެ އާ ރަންވޭ ބޭނުންކުރަން ފަށައިފި

# ވީއައިއޭ

FeWqZJ3UAAEcLRt

ވެލާނާ އިންޓަނެޝަނަލް އެއާޕޯޓު(ވީއައިއޭ)ގެ އާ ރަންވޭ ބޭނުންކުރަން މިއަދު ފަށައިފި އެވެ.

ޝަރީ 2024

އެކަމަށްޓަކައި ވީއައިއޭގައި މިއަދު ބޭއްވުނު ޙާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

މިއަދު އާ ރަންވޭ ހުޅުވުމުގެ ގޮތުން އެ ރަންވޭއަަށް ޖައްސާފައިވަނީ އަބޫދާބީން ރާއްޖެ އައި އެމިރޭޓްސްގެ ބޯޓެކެވެ.

އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އާ ރަންވޭ ބޭނުންކުރަން ފެށުމާއެކު، މިހާތަނަށް ބޭނުން ކުރަމުން އައި ރަންވޭ ބޭނުންކުރާނީ ޓެކްސީވޭ އަކަށެވެ.

undefined

ވީއައިއޭގައި މިއަދު ހުޅުވިގެންދިޔަ އާ ރަންވޭއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގައި ޗައިނާގެ ބީޔޫސީޖީއާ ހަވާލުކޮށްގެން ތަރައްޤީކުރި ރަންވޭ އެކެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފަހުކޮޅުގައި އެ ރަންވޭ ރަސްމީކޮށް ހުޅުވި ނަމަވެސް އޭރު ބޭނުން ކުރަމުން ދިޔަ ސީޕްލޭން ޓާމިނަލް އިމާރާތް ނުނެގި ލަސްވުމުގެ ސަބަބުން އެ ރަންވޭ ބޭނުންކޮށްފައި ނުވެއެވެ. ނަމަވެސް ކުރިން ބޭނުންކުރަމުން އައި ސީޕްލޭން ޓާމިނަލް ނަގައި މިހާރު ބޭނުންކުރަމުންދަނީ ޒަމާނީ އާ ސީޕްލޭން ޓާމިނަލެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ