logoEN
ކޮކާކޯލާ
ބަސް ސްޓޮޕްތައް ހިޔާ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަނީ

ބަސް ސްޓޮޕްތައް ހިޔާ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަނީ

އަހުމަދު ޝުރާއު

logo

10/5/2022, 7:44:09 PM

# އެމްޓީސީސީ

343989_3_f43cd696243fd7a095b9ded944ce85b8b94acd48_large

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް ، އާރްޓީއެލްއިން މާލޭގައި ފަށާފައިވާ ބަހުގެ ހިދުމަތަށް ބޭނުންކުރާ ބަސް ސްޓޮޕްތަށް ހިޔާކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އަބުޅޯ

ދައުލަތުގެ މީޑިއާއިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ ބަސް ސްޓޮޕްތައް ހިޔާކުރުމުގެ މަސައްކަތަކީ ވަރަށް ގިނަ ގޮންޖެހުން ދިމާވާ ކަމެއްކަމަށާއި ބަސް ސްޓޮޕްތައް ހިޔާ ކުރެވޭނީ ވަރަށް ކުޑަކޮށް ކަމަށެވެ. ނަމަވެސް ބަސް ސްޓޮޕްތައް ހިޔާ ކުރުމަށް ބޭނުންވާ ފުރާޅު ތިލަފުށީގައި ހުންނަ އެމްޓީސީސީގެ ޑޮކްޔާޑުގައި ތައްޔާރުކުރަމުން އަންނަކަން އާޒިމް ފާހަގަކުރެއްވި އެވެ.

"ބައެއް ތަންތަނުގަ ބަސް ސްޓޮޕް ހިޔާ ވަރަށް ދަތިކޮށް ހެދޭނީ. އެހެންނަމަވެސް އަޅުގަނޑުމެން ތިލަފުށީގެ ޑޮކްޔާޑުގަ އެއީ އެތަނުގެ އަޅުގަނޑުމެންގެ ހުރިހާ ފެބްރިކޭޝަން މަސައްކަތެއް ބިލްޑުކުރުމާއި މަސައްކަތް ހިނގާނީ. އެތަނުގަ މިހާރު އަޅުގަނޑުމެން އެ މަސައްކަތް ފަށައިފިން، އެ އެއްޗެހިތައް ހެދުމުގެ މަސައްކަތް އެކަން ކުރިޔަށް އެބަދޭ. ދެން އެކަން ކުރެވޭއިރު އެކިތަންތަނަށް ކަސްޓަމައިޒް ކުރެވޭކަށް ވެސް ނުހުރޭ. ހުރިހާ ތަނަކަށް އެކައްޗެއް ހެދޭކަށް ނުހުރޭ، މަގުތަކުގެ ޖާގަ އޮންނަ ގޮތުން އެކި ތަންތަނަށް އެކި އެއްޗެހި ހަދަން މިޖެހެނީ. އެހެންވީމާ އެވެސް ވަރަށް ބޮޑު ޗެލެންޖަކަށް މިވަނީ " އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް ބަސް ސްޓޮޕްތައް ހިޔާކޮށް ނިންމާލަން ކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ބަސް ސްޓޮޕްތައް އެއްކޮށް ހިޔާ ނުކުރެވުނަސް އެތަނުގައި ބަހުގެ ހިދުމަތް ހޯދުމަށް މަޑުކޮށްގެން ތިބޭ ރައްޔިތުން އަވިންނާއި ވާރެހިން ހިޔާވަހިކަން ލިބޭވަރު ކުރާނެކަމަށެވެ.

އެމްޓީސީސީއިން މާލޭގައި ބަހުގެ ހިދުމަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ. މާލޭގައި މިނީ ބަސް ދަތުރުކުރަނީ އަމީނީ މަގު، މަޖީދީ މަގު، އޯކިޑު މަގު އަދި ސޯސަން މަގުންނެވެ. މި ހަތަރު މަގުގައި ދަތުރުކުރުމަށް ތިން ރޫޓެއް ކަނޑައަޅާފައިވާ އިރު، ޖުމުލަ 42 ބަސް ސްޓޮޕެއް ހުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ