logoEN
ކޮކާކޯލާ
އަންނަން އޮތް ޖީލުތައް ހައްދުފަހަނައެޅި ވިސްނުމުން ސަލާމަތްކުރެވޭނީ ޓީޗަރުންނަށް - ރައީސް ނަޝީދު

އަންނަން އޮތް ޖީލުތައް ހައްދުފަހަނައެޅި ވިސްނުމުން ސަލާމަތްކުރެވޭނީ ޓީޗަރުންނަށް - ރައީސް ނަޝީދު

އަލްފާ އަލީ

logo

10/5/2022, 11:48:32 AM

# ރައީސް ނަޝީދު# މުދައްރިސުންގެ ދުވަސް

Nasheed-2-850x548

ރާއްޖޭގެ އަންނަން އޮތް ޖީލުތައް ހައްދުފަހަނައެޅި ވިސްނުމުން ސަލާމަތްކުރުމަށް އެންމެ ބޮޑު ބާރެއް އެޅުއްވޭނީ ޓީޗަރުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަބުޅޯ

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ޓީޗަރުންގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކުއްޖެއްގެ ހަޔާތުގައި ތަސައްރަފު ފުދި ބޮޑު މީހަކަށް ވަންދެން ގިނަ ވަގުތު ހޭދަކުރެވިގެންދަނީ ޓީޗަރުންނާއެކު ކަމަށްވުމުން، ރާއްޖޭގެ އަންނަން އޮތް ޖީލު ހައްދުފަހަނަ އެޅި ވިސްނުމަށް ދޫނުކުރުމަށް އެޅެން އޮތް އެންމެ ބޮޑު ބާރެއް އެޅުއްވޭނީ ޓީޗަރުންނަށް ކަމަށެވެ.

View post on Twitter

ޓީޗަރުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ 5ވަނަ ދުވަހުގައެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ގިނަ ސްކޫލްތަކުގައި ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ