logoEN
ޕީއެންސީ 2
ޔޯގާ ހަމަނުޖެހުން: 18 މީހެއްގެ މައްޗަށް ދައުވާކޮށްފި

ޔޯގާ ހަމަނުޖެހުން: 18 މީހެއްގެ މައްޗަށް ދައުވާކޮށްފި

އަލްފާ އަލީ

logo

10/3/2022, 2:06:45 PM

# ޔޯގާ ހަރަކާތް# ޔޯގާ ހަމަނުޖެހުން

Protesters attack Yoga Day event in Maldives

ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުުން މިދިޔަ ޖޫން 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމަށް ހިނގި ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި މީހުންނަށް ދަޢުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޝަރީ 2024

މި މައްސަލާގައި ޝައިހް ފަޒްލޫނާއި އާދަމް ނިޝާނަށް ދައުލަތުން ކުރީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ. އެމީހުންގެ މައްޗަށް މި ކުށް ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރުގެ މުއްދަކަށް ޖަލު ހުކުމެއް އަންނާނެ އެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާލިބޭ މީހުން

ހއ. ހޯރަފުށި، ޔާގޫތުގެ، މުހައްމަދު އިސްމާއިލް (ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު)

ގ. ފީނިކްސް، އަބްދުﷲ ނިޔާޒް

ތ. ތިމަރަފުށީ އަލީއާބާދު، އަލީ މުހައްމަދު

ނ. ވެލިދޫ މިލާނޯ، އިބްރާހިމް ޒިހާން

ލ. މުންޑޫ އަންނާރުމާގޭ، މުހައްމަދު ޝާން

ހދ. ކުޅުދުއްފުށީ ބާބޫގޭ ހުސައިން އަލީ

މ. ފަޅުމަތީގޭ އަހުމަދު އަލީ

މި މީހުންގެ މައްޗަށް މިކުށް ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާލިބޭ މީހުން

މއ. ކަނުހުރާ، މުހައްމަދު ޒިލިއަން

ތ. ތިމަރަފުށީ ނަރުގިސްވިލާ، އަބްދުﷲ ރިފާއު

ނ. މިލަދޫ ކާނޭޝަންމާގޭ އަބޫބަކުރު ފާރިއު

ރ. ކަނދޮޅުދޫ އަލަމާގޭ އަހުމަދު އަކްސަމް

ގއ. މާމެންދޫ އަސްރަފީވިލާ އަހުމަދު ނަސޫހް

މ. ކުދެހިގޭ ހަސަން ޝިފާޒް

ފ. ދަރަނބޫދޫ އާބާދީގުލްޝަން ޝަބިމް އާދަމް

މި ކުށުގެ އަދަބަކީ 20 އަހަރާއި 25 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

މީގެ އިތުރުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ އިތުރު ދައުވާއެއް 15 މީހަކަށް ކުރާއިރު، ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެެއް އެކަކުގެ މައްޗަށް އަދި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާއެއް ތިން މީހެއްގެ މައްޗަށް ކުރެ އެވެ.

އެ މައްސަލާގައި ގިނަ ބަޔަކު ހައްޔަރު ކުރިޔަސް، އެ އެންމެންހެން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އެ މައްސަލާގައި ފަޒްލޫނާއި ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވަނީ ސަސްޕެންޑްކޮށްފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ