logoEN
ކޮކާކޯލާ
މިނީ ބަސް ދަތުރުތަކުން އަގު ނަގަން ފަށައިފި

މިނީ ބަސް ދަތުރުތަކުން އަގު ނަގަން ފަށައިފި

އައިޝަތު އިފާޝާ

logo

10/3/2022, 11:00:48 AM

# އެމްޓީސީސީ# އާރްޓީއެލް

Mini Bus

ރާއްޖެ ޓްރާސްޕޯޓް ލިންކް (އާރްޓީއެލް)އިން މާލޭގައި ފެށި މިނީ ބަހުގެ ހިދުމަތުން އަގުނަގަން ފަށައިފިއެވެ.

އަބުޅޯ

މި ހިދުމަތުގެ އަޖުމަ ބެލުމަށާއި، ރައްޔިތުން މިނީ ބަހަށް އަހުލުވެރި ކުރުމުގެ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންވަނީ އެ ޚިދުމަތް ފެށުމަށްފަހު އެއް މަސް ދުވަސް ވަންދެން ބަހުން ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީފައެވެ.

މިދިޔަ މަހުގެ 5 ވީ ހޯމަ ދުވަހު މާލޭގައި މި ހިދުމަތް ފެށިއިރު އެންމެފުރަތަމަ ހަމަޖެއްސީ ފުރަތަމަ ދެ ހަފްތާއަށް ބަސް ދަތުރުތަކުން އަގު ނުނެގުމަށެވެ. ދެހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު ދުވާލަކު މި ހިދުމަތް ހޯދި މީހުންގެ އަދަދު 8،000 އަށްވުރެ އިތުރެވެ. ފުރަތަމަ ދެ ހަފްތާއަށްފަހު އެމްޓީސީސީން ނިންމީ އިތުރު ދެ ހަފްތާއަށް މި ޚިދުމަތް ރައްޔިތުންނަށް ހިލޭ ހޯދޭނެ ގޮތް ހަމަޖައްސައި ދިނުމަށެވެ.

އެހެންނަމަވެސް އެއް މަސް ދުވަހަށްފަހު މިއަދުން ފެށިގެން މި ހިދުމަތުން އަގު ނަގަން ފަށާއިރު، ބަސް ޓިކެޓުގެ އަގަކީ 7 ރުފިޔާއެވެ. މިނީ ބަހުގެ ހިިދުމަތަށް ފައިސާ ދެއްކޭނީ އާރުޓީއެލް ވެބް ޕޯޓަލާއި އެޕްލިކޭޝަން މެދުވެރިކޮށެވެ. މި ހިދުމަތް އަލަށް ހޯދާއިރު ރަޖިސްޓްރީވާން ޖެހޭނެއެވެ. އޭގެ ފަހުން ކުރީގެ ލޮގިން ބޭނުންކޮށްގެން ހިދުމަތް ހޯދޭނެއެވެ.

މި ހިދުމަތް ހޯދުމަށް ޓިކެޓް ނަގާއިރު، އެމީހަކު ބަހުގައި ދަތުރުކުރާ ރޫޓާއި، ޓިކެޓް ނަގާ އަދަދު ޚިޔާރުކޮށް، ބޭންކް ކަރޑް މަޢުލޫމާތާއި އީ.މެއިލް އެޑްރެސްއެއް ޖެހުމުން ފައިސާ ދައްކާ ޓިކެޓް ނެގޭނެއެވެ. މިގޮތަށް ނަގާ ޓިކެޓްތައް ބޭނުންކުރެވޭނީ ހަތް ދުވަހުގެ މުއްދަތަކަށެވެ. ޓިކެޓުގައިވާ ކިއު.އާރު ކޯޑު ބަހަށް އަރާ ސްކޭން ކޮށްލުމުން ޓިކެޓް ކެނޑޭނެއެވެ.

އަދި މިނީ ބަސްތަކުގައި ކަރުދާސް ޓިކެޓް ވިއްކުމަށް ވެސް އެމްޓީސީސީއިން ވަނީ ނިންމައިފައެވެ. ކަރުދާސް ޓިކެޓަށް ފައިސާ ދެއްކުމަށް ޖެހޭނީ ބަހުގައި ހުންނަ ފޮއްޓަކަށް 7 ރުފިޔާ ހަމަކޮށްފައި ލާށެވެ. އިތުރަށް ދޭ ފައިސާ މާރު ނުކޮށްދޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެއިތުރުން ބަހުގައި ދަތުރުކުރުމަށް އީއެމްވީ ކާޑު ބޭނުންކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިއަހަރުގެ ތެރޭގައި އާރްޓީއެލް ދަތުރުތަކަށް ހާއްސަ ކާޑެއް ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީގެ ސީއޯއޯ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.

މިއަދުން ފެށިގެން މިނީ ބަހުގެ ޚިދުމަތުން އަގުނަގަން ފެށި ނަމަވެސް، 65 އަހަރުން މަތީގެ މީހުންނަށާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ޚާއްސަ އެހީއަށް ބޭނުންފުޅުވާ ފަރާތްތަކުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް އެމްޓީސީސީ އިން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ޔުނީފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މި ޚިދުމަތަށް 18 ބަސް މާލޭގައި ހަރަކާތްތެރިވާއިރު އޭގެ ތެރެއިން އަށް ބަހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭގޮތަށް ރޭމްޕް އަދި ފުރޮޅުލީ ގޮނޑިއަށް ޚާއްސަ ޖާގަ އެކުލެވޭ ބަސްތަކެކެވެ. މާލޭގެ އިތުރުން ރާއްޖޭގެ ބޮޑެތި ސީޓީތަކާއި ބައެއް ރަށްތަކުގައި ވެސް މިނީ ބަހުގެ ޚިދުމަތް ވަނީ ފަށާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ