logoEN
ކޮކާކޯލާ
މާލޭގެ އާރްޓީއެލް ބަހުގެ ހިދުމަތުން މާދަމާއިން ފެށިގެން އަގުނަގާނެ

މާލޭގެ އާރްޓީއެލް ބަހުގެ ހިދުމަތުން މާދަމާއިން ފެށިގެން އަގުނަގާނެ

# މިނީ ބަސް# އާރްޓީއެލް# އެމްޓީސީސީ

Mini Bus

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ދަށުން މާލޭގައި ދެމުންދާ ބަހުގެ ޚިދުމަތުން 3 އޮކްޓޮބަރ ވަނަ ދުވަހުން ފެށިގެން، އަގުނަގާގޮތަށް ހަމަޖައްސައިފި އެވެ.

އަބުޅޯ

މާލެ ސަރަޙައްދުގައި އާރްޓީއެލްގެ ބަހުގެ ޚިދުމަތްދޭ 3 ރޫޓު ކަމުގައިވާ، (ރޫޓް 10 - އޯކިޑް ރޫޓް، ރޫޓް 11 - އަމީނީ ރޫޓް، ރޫޓް 12 - ސޯސަން ރޫޓް) އިން، ނަގާނީ 7 ރުފިޔާގެ އަގެކެވެ.

އެމްޓީސީސީން ބުނީ، އާރްޓީއެލްގެ ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ކިއުއާރް ޓިކެޓް ނަންގަވައިގެން، ނުވަތަ ކަރުދާސް ޓިކެޓް ބައްލަވައިގަނެގެން ދަތުރުކުރުމުގެ އިންތިޒާމްވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ކިއުއާރް ޓިކެޓް ބައްލަވައިގަންނަވާނެ ގޮތުގެ ވީޑިއޯއެއް އާރްޓީއެލް ޔޫޓިއުބް ޗެނަލުންނާއި، މީސް މީޑިއާގެ މަންސަތަކުގައި ޝާއިޢުކޮށްފައިވާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި އާރްޓީއެލް ޓްރެވެލް އެޕް އެޕަލް ސްޓޯރުންނާއި ގޫގަލް ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ކިއުއާރް ޓިކެޓް ބޭނުންކުރެއްވުމަށް ބަހަށް އެރުއްވުމަށްފަހު ޓިކެޓް ވެލިޑޭޓްކުރުމަށް ކަނޑައެޅިފައިވާ މެޝިންއަށް ދައްކަވައިގެން ސްކޭން ކޮށްލަވަން ޖެހިވަޑައިގަންނަވާނެއެވެ.

ކަރުދާސް ޓިކެޓް ބައްލަވައިގަތުން ހަމަޖެހިފައިވަނީ ބަސްތެރެއިން ކަމަށް އެމްޓީސީސީން ބުނެއެވެ. ޓާމިނަލްތަކުން އެ އިންތިޒާމް ހަމަޖެހިފައިނުވުމާއެކު ބައްލަވައިގަންނަވާ ބަސްޓިކެޓުގެ ފައިސާލުމަށް ހާއްސަ ފޮއްޓެއް ބަސްތެރޭގައި ބެހެއްޓިފައި ހުންނާނެކަމަށެވެ. އެހެންނަމަވެސް ބަސްތެރޭގައި ފައިސާ މާރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނުވުމާއެކު ހުރިހާ ބޭފުޅުންވެސް ޓިކެޓުގެ އަގަށްވާ ރުފިޔާ ހަމަވާނެހެން ފައިސާ ގެންދިޔުމަށް އެމްޓީސީސީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ބަހުގައި ފައިސާ މާރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނުވަނީ ވަގުތު ސަލާމާތްކުރުމަށާއި ބަހުގެ ހިދުމަތަށް ބުރުލެއް އެރިޔަނުދިނުމަށް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. ކަރުދާސް ޓިކެޓަކީ އިސްރަށްވެހިންގެ ފަސޭހައަކަށް ހަމައެކަނި މާލޭގެ ބަހުގެ ހިދުމަތަށް ތައާރަފްކޮށްފައިވާ ހިދުމަތެއް ކަމަށް އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.

ޓްރައިލް މުއްދަތައްފަހު، ޓިކެޓް ނަގައިގެން ދަތުރުކުރަން ފެށުނަސް، މި ޚިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައި.ޑީ. ކާޑު ދެއްކެވުމުން ހިލޭ ލިބިވަޑައިގަންނަވާނެއެވެ. ހަމައެހެންމެ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ) އިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެއެވެ. މީގެ އިތުރުން، ޔުނިފޯރމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރު ކުރެވޭނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ