logoEN
ޕީއެންސީ 2
އިންޑިއާއިން ދޭ 100 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި

އިންޑިއާއިން ދޭ 100 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި

# ރާއްޖެ-އިންޑިއާ# ކްރެޑިޓް ލައިން

fec4lhvuuaejki5

ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތައް ނިންމުމަށް 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދިނުމުގެ އެއްބަސްވުމުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި މިއަދު ސޮއިކޮށްފިއެވެ.

ޝަރީ 2024

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

އިންޑިއާއިން މީގެކުރިން ވަނީ ރާއްޖެއަށް 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދީފައެވެ. އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ދޫކުރި އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ %1.75 އެވެ. މިއީ ރާއްޖެ އިން ނަގާފައިވާ އެހެން ލޯންތަކަށް ވުރެ އިންޓަރެސްޓް ރޭޓް ކުޑަ ލޯނެކެވެ.

އަލަށް މިދޭ 100 މިލިއަން ޑޮލަރާއެކު، ކްރެޑިޓް ލައިންގެ އަދަދު 900 މިލިއަން ޑޮލަރަށް އަރާނެއެވެ. މި ފައިސާ ހަރަދު ކުރަނީ ރާއްޖޭގެ ރަށްރަށުގައި އެކިއެކި މަޝްރޫއުތައް ހިންގުމަށެވެ.

https://gaafu.mv/70988

އަވަށްޓެރި އިންޑިއާ އިން ވަނީ ބްރިޖު މަޝްރޫއަށް 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި އެ މަޝްރޫއަށް އިތުރު 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވަނީ ދީފައެވެ. މީގެ އިތުރުން ކުޅިވަރު ވަސީލަތްތައް ގާއިމު ކުރުމަށް 40 މިލިއަން ޑޮލަރު، ދިފާއީ ކަންކަމަށް 40 މިލިއަން ޑޮލަރު ދީފައި ވެއެވެ. މި އަދަދުތަކަކީ އިންޑިއާ އިން 2018 ވަނަ އަހަރު ދޭން ނިންމި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގައި ހިމެނޭ ކަންކަމެއް ނޫނެވެ.

މިއަދު ސޮއި ކުރެއްވުނު 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ދިނުމަށް ނިންމެވިކަން އިއުލާން ކުރެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އެ ރަސްމިއްޔާތުގައި މޯދީ ވިދާޅުވީ ރާއްޖެއަށް ދިމާވި ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން ގައުމަކަށް އިންޑިއާ ވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެކަން އެގޮތުގައި ދެމި އޮންނާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ