logoEN
ޕީއެންސީ 2
''ދަގެނާ'' މަރާމާތުކޮށްދޭނެ ފާރާތެއް ހޯދަނީ

''ދަގެނާ'' މަރާމާތުކޮށްދޭނެ ފާރާތެއް ހޯދަނީ

b_BHxr8zhVX3nQIku27eVGDl50Z

ހުވަދު އަތޮޅު އުތުރުބުރީ ވިލގިލީގައި ''ދަގެނާ'' ނަމުގައި ހުޅުވި ރިހިބިލިޓެޝަން ސެންޓަރުގައި ކުރަން ހުރި މަރާމާތުތައް 30 ދުވަހުގެ ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

ޝަރީ 2024

ނޭޝަނަލް ޑްރަގް އެޖެންސީއިން އިއުލާނު ނަންބަރ IUL)434-PRC/434/2021/13) ގައި ވާގޮތުގައި މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް މައުލޫމާތު ސާފުކުރުން އޮންނާނީ 2021 ޖަނަވަރީ 27 ވާ ބުދަ ދުވަހު ހެނދުނު 11 ޖަހާއިރު ''ދަގެނާ''، ކޮމިއުނިޓީ ރިހިބިލިޓޭޝަން ސާވިސަސް ސެންޓަރުގައިއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ 2021 ފެބްރުއަރީ 3 ވާ ބުދަ ދުވަހު ހެނދުނު 11 ޖަހާއިރު ހަަމަ އެ ސެންޓަރުގައެވެ.

ދަގެނާ ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި އެވެ. ދަގެނާ ހިދުމަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ކަންކަންމުގެ އިތުރުން އެ ފަރާތްތަކާއި ގުޅިފައިވާ ހުރިހާ ކަމަކަށް ރިއާޔަތްކޮށް މުޅި މައްސަލައަށް ހައްލު ހޯދުމަށް ފަރުމާކޮށްފައިވާ ވަށާޖެހޭ ނިޒާމެކެވެ.

''ދަގެނާ''ގައި ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ތެރޭގައި ޑްރަގް ޑީޓޮކްސިފިކޭޝަން. ކައުންސެލިންގ، ސައިކޯސޯޝަލް ސަޕޯޓު، ޓްރޭނިންގ، އަފްޓަރކެއަރ އަދި އައުޓްރީޗް ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ