logoEN
ޕީއެންސީ 2
ނަރުހުންގެ އިހުމާލުން އޭއެސްއެމްއެޗްގެ ވޯޑުގައި އަންހެނަކު ވިހަން ޖެހުނު މައްސަލައެއް

ނަރުހުންގެ އިހުމާލުން އޭއެސްއެމްއެޗްގެ ވޯޑުގައި އަންހެނަކު ވިހަން ޖެހުނު މައްސަލައެއް

# ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް

breaking ބްރޭކިންގް

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ވޯޑުގައި އަންހެނަކު ވިހަން ޖެހުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޝަރީ 2024

ކަން ހިނގި ގޮތުގެ މައުލޫމާތު އެނގޭ މީހަކު މި ނޫހަށް މައުލޫމާތު ދިން ގޮތުގައި އަންހެން މީހާ ވޯޑަށް ވިހަން ޖެހުނީ، ކުއްޖާ އަންނަ ކަމަށް ނަރުހުންނަށް އެންގުމުންވެސް، މާބަނޑު އަންހެން މީހާއަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާތީ ކަމަށެވެ.

"ކުއްޖާ އަންނަން ފަށައިފި ކަމަށް ނަރުހުންނަށް އެންގުމުންވެސް ބުނީ އެއީ މާ ބޮޑު ކަމެއް ނޫން ކަމަށް. އެއީ ނޯމަލް ކަމެއް ކަމަށް. އެހެން ބުނުމަށްފަހު މާ ގިނަ އިރުތަކެއް ނުވެ، ވޯޑުގައި މާބަނޑު މީހާ އޮތް އެނދަށް ކުއްޖާ ވިހެވުނީ" އެމީހާ ކިޔައިދިނެވެ.

އެމީހާ އިތުރަށް ކިޔައިދިން ގޮތުގައި އެ އަންހެން މީހާ އަކީ މީގެ ކުރިންވެސް އަވަހަށް ވިހާފައިވާ މީހެއްކަން ނަރުހުންގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. ނަމަވެސް ކުއްޖާ އެއްކޮށް ވިހެއި އިރުވެސް ވިއްސާ ކޮޓަރިއަށް ވައްދާފައި ނުވާ ކަމަށާއި އަންހެން މީހާ ވިއްސާ ކޮޓަރިއަށް ވެއްދީ ވިހެއި ފަހުން ކަމަށްވެސް އެމީހާ މައުލުމާތު ދެއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ، ސާލިމް އަލީ ވިދާޅުވީ މި މައްސަލަ ހޮސްޕިޓަލުގެ މެނޭޖްމަންޓުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ