logoEN
cocacola
ކަރާޗީގެ ޑެންޓަލް ކްލިނިކެއްގައި ޗައިނާ މީހަކު ގަޔަށް ބަޑިޖަހައި މަރާލައިފި

ކަރާޗީގެ ޑެންޓަލް ކްލިނިކެއްގައި ޗައިނާ މީހަކު ގަޔަށް ބަޑިޖަހައި މަރާލައިފި

އަހުމަދު ޝުރާއު

logo

9/28/2022, 11:56:26 PM

kkwq

ޕާކިސްތާނުގެ ދެކުނުގެ ބަނދަރު ސިޓީއެއް ކަމަށްވާ ކަރާޗީގެ ކްލިނިކެއްގައި ޑެންޓަލް ޕޭޝަންޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ ހަތިޔާރު އެޅި މީހަކު ޗައިނާއަށް ނިސްބަތްވާ މީހަކު މަރާލައި އިތުރު ދެ މީހަކު ޒަހަމްކޮށްލައިފި އެވެ.

ގޮސިޔާ

އެ ތިން މީހުންނަކީ ވެސް ޗައިނާ-ޕާކިސްތާނު ޑުއަލް ނަސްލުގެ މީހުން ކަމަށާއި އެ ސަރަހައްދުގައި ޑެންޓަލް ކްލިނިކް 40 އަހަރު ވަންދެން އޮޕަރޭޓް ކުރި ތިން މީހުންނެވެ.

މި ތިން މީހުންނަށްވެސް ހަމަލާދީފައިވަނީ އުމުރުން ގާތްގަނޑަކަށް 30 އަހަރު ވެފައިވާ ފިރިހެނެކެވެ.

ތުހުމަތު ކުރެވޭ މީހާ ވަނީ ހަމަލާދިނުމަށް ފަހު ފިލާފައެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ޑެންޓިސްޓް ރިޗަޑް ހޫ، 74، އާއި އޭނާގެ އަންހެނުން މާގަރެޓް، 72، އަދި އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ރޮނަލްޑް ޗޯ ނަމަކަށް ކިޔާ މީހެކެވެ.

އެ ދެމަފިރިންނާ ހަވާލާދީ އެ ނޫހުން ބުނީ އެ ދެމަފިރިންނަށް ބަޑިޖެހުމުގެ ސަބަބުން ޒަހަމްވެފައިވާ ކަމަށާއި އެ ދެމަފިރިންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. މިހަމަލާގައި މަރުވީ އެމީހުންގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ރޮނަލްޑް ޗޯ އެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވާއިރު، މި ހަމަލާގެ މަގްސަދަކީ ކޮބައިކަމެއް އަދި ސާފެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ