logoEN
ޕީއެންސީ 2
ޕެނެލްޓީގައި ތިނަދޫ ކައުންސިލް ބަލިކޮށް އޭއެސްއެމްއެޗް ފައިނަލަށް

ޕެނެލްޓީގައި ތިނަދޫ ކައުންސިލް ބަލިކޮށް އޭއެސްއެމްއެޗް ފައިނަލަށް

އަހުމަދު ޝުރާއު

logo

9/28/2022, 11:06:14 PM

GMG_5435

ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތުގެ ފައިނަލުގެ ޖާގައެއް އޭއެސްއެމްއެޗް އިން ހޯދައިފި އެވެ.

ޝަރީ 2024

މި މުބާރާތުގައި، ތިނަދޫ އާރު އަވަށު ދަނޑުގައި މިރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ އޭއެސްއެމްއެޗް އާއި ތިނަދޫ ކައުންސިލް އެވެ. މި މެޗު އޭއެސްއެމްއެޗުން ކާމިޔާބުކުރީ 1-1ގެ ނަތީޖާއަކުން އެއްވަރުވެ ޕެނެލްޓީން ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. ފުރަތަމަ ހާފްގައި ދެޓީމުންވެސް ވަނީ ގޯލް ޖެހުމަށް ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުނުއިރު ދެޓީމުކުރެ ޓީމަކަށް ގޯލެއް ކާމިޔާބުކުރެވިފައި ނުވެއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި އޭއެސްއެމްއެޗް އިން ވަނީ މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުހގެ ޖާޒީ ނަންބަރު 5، ޝާހިދު އެވެ. އެ ގޯލް ޖަހައި އޭއެސްއެމްއެޗް އަށް ހަމަޖެހި ނުލެވެނީސް ތިނަދޫ ކައުންސިލްގެ ޖާޒީ ނަންބަރު 20، ޒައިދު ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ގިނަ ފައުލްތަކެއް ވަނީ ފެނިގެން ގޮސްފައެވެ. ދެވަނަ ހާފުގައި އޭއެސްއެމްއެޗް ކުޅުންތެރިޔަކު ކުރި ފައުލަކާއި ގުޅިގެން ދެ ޓީމު ދެމެދުގައި ހަމަނުޖެހުމެއްވެސް ވަނީ ހިނގާފައެވެ. މި ގޮތުން ދެ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިން ދަނޑަށް އެރުމުން ކުޅުންވެސް މެދުކަނޑާލެވުނެވެ. އެ ހަމަނުޖެހުންތަކާއި ގުޅިގެން އޭއެސްއެމްއެޗްގެ އޮފިޝަލަކާއި، ތިނަދޫ ކައުންސިލްގެ ކުޅުންތެރިޔަކަށް ރަތް ކާޑު ދަައްކާފައިވެއެވެ.

މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމުވެސް ވަނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެއާއެކު ޕެނެލްޓީން އޭއެއެސްއެމްއެޗް މި މެޗު ކާމިޔާބުކުރީ 6-5 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އޭއެސްއެމްއެޗްގެ ޖާޒީ ނަންބަރު 5، މުޙައްމަދު ޝާހިދު އެވެ. މި މުބާރާތުގެ ފައިނަލުގައި އޭއެސްއެމްއެޗް ބައްދަލުކުރާނީ ޕޮލިސް އާއެވެ. އެމެޗު ކުޅޭނީ ހުކުރު ދުވަހުގެ ރޭ 20:30 ގައެވެ.

މިއަހަރުގެ ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތަކީ ހުވަދޫ ރެކްރިއޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 11 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ މުބާރާތްވެސް ކުރިޔަށް ގެންދަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އެއްގްރޫޕުގައި 6 ޓީމް ހިމެނޭ އިރު އަނެއް ގްރޫޕުގައި 5 ޓީމް ހިމެނޭނެ އެވެ.

މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނާކީ އެމްޓީސީސީ، މިފްކޯ ، އެފްއެސްއެމް އަދި އެސްޓީއޯ އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ. ބެވަރޭޖަސް ޕާޓްނަރުންނަކީ ގޯސިއާ އާއި އެވިއާ އެވެ. ޕްރިންޓް ޕާޓްނަރަކީ ނޯވާޓެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ