logoEN
cocacola
އެމެރިކާގެ ނައިބު ރައީސް ދެކުނު ކޮރެއާއަށް ވަޑައިގަތުމުގެ އެއް ދުވަސް ކުރިން އުތުރު ކޮރެއާއިން މިސައިލެއް ޓެސްޓްކޮށްފި

އެމެރިކާގެ ނައިބު ރައީސް ދެކުނު ކޮރެއާއަށް ވަޑައިގަތުމުގެ އެއް ދުވަސް ކުރިން އުތުރު ކޮރެއާއިން މިސައިލެއް ޓެސްޓްކޮށްފި

އަހުމަދު ޝުރާއު

logo

9/28/2022, 8:20:24 PM

skynews-north-korea-missile-test-launch_5913135

އުތުރު ކޮރެއާއިން ދެކުނު ކޮރެއާގެ އިރުމަތީ ކަނޑުގެ ސަރަހައްދުގައި ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި އެވެ.

ގޮސިޔާ

އުތުރު ކޮރެއާއިން މި ހަފްތާގައި ދެވަނަ އަށް ޓެސްޓް ލޯންޗް ކޮށްފައި މިވަނީ އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ދެކުނު ކޮރެއާގެ ވެރިރަށް ސޯލްއަށް ކުރައްވާ ދަތުރުފުޅުގެ އެއް ދުވަސް ކުރިންނެވެ.

ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް މިސައިލް ލޯންޗް ފެނުނު ކަމަށް ވިދާޅުވި ނަމަވެސް ހަތިޔާރު އުދުއްސާލީ ކޮން އިރަކު އަދި ދަތުރުކުރި ދުރުމިނުގެ ތަފްސީލެއް ނުދެއްވައެވެ.

މި މިސައިލް އުތުރު ކޮރެއާއިން ލޯންޗުކުރި އިރު އެމެރިކާގެ ނިއުކްލިއަރ ހަކަތައިން ދުއްވާ މަތިންދާ ބޯޓް އުފުލާ މަނަވަރު ޔޫއެސްއެސް ރޮނަލްޑް ރޭގަން ދެކުނު ކޮރެއާގެ ކަނޑުގެ އަސްކަރިއްޔާއާއެކު މިހާރު ދަނީ އެކްސަސައިޒްތަކެއް ކުރަމުންނެވެ.

ހެރިސް އަންނަ ބުރާސްފަތި ދުވަހު ސޯލްއަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭއިރު، މިސް ހެރިސް ސޯލްއަށް ވަޑައިގަންނަވަނީ ރައީސް ޔޫން ސުކް-ޔޮލްއާ މަޝްވަރާ ކުރެއްވުމަށް ކަމަށް ވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ