logoEN
cocacola
ފުވައްމުލަކު ސިޓީގައި ފެންބޮޑުވެ ސިފައިން ފެން ހިއްކުމުގެ މަސައްކަތް ކުރަނީ

ފުވައްމުލަކު ސިޓީގައި ފެންބޮޑުވެ ސިފައިން ފެން ހިއްކުމުގެ މަސައްކަތް ކުރަނީ

އަހުމަދު ޝުރާއު

logo

9/28/2022, 8:10:10 PM

4064

ފުވައްމުލަކު ސިޓީގައި ފެންބޮޑުވެ ސިފައިން ފެން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

ގޮސިޔާ

އެމްއެންޑީއެފުން ބުނީ ވިއްސާރަވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ޏ.ފުވައްމުލަކު ސިޓީ، މިސްކިތްމަގު އަވަށުގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަނުން، ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިސްކިތްމަގުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ދުއްވާ އެއްޗެއްސަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫތައް ދިމާވަމުންދާތީ، އެ ސަރަހައްދުން ފެން ހިއްކުމަށް ސިފައިންގެ އެހީތެރިކަމަށް އެދުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ސިފައިން އެ ސަރަހައްދަށް ގޮސް، މިއަދުގެ 13:00 ހާއިރުން ފެށިގެން އެ ސަރަހައްދުން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިދުވަސްވަރަކީ ދެކުނުގެ އަތޮޅުތަކަށް ވަރަށް ވިއްސާރަ ދުވަސްވަރެކެވެ. އެގޮތުން ގިނަ ރަށްތަކަކަށް ބޯކޮށް ވާރޭވެހި ވަނީ ފެންބޮޑުވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ