logoEN
ޕީއެންސީ 2
ރައީސް ޔާމީންގެ ސަރުކާރުން ވީއައިއޭގައި ތަރައްޤީކުރި އައު ރަންވޭ އަންނަ ހަފްތާގައި ބޭނުންކުރަން ފަށަނީ

ރައީސް ޔާމީންގެ ސަރުކާރުން ވީއައިއޭގައި ތަރައްޤީކުރި އައު ރަންވޭ އަންނަ ހަފްތާގައި ބޭނުންކުރަން ފަށަނީ

އަހުމަދު ޝުރާއު

logo

9/28/2022, 7:50:45 PM

# ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

WhatsApp-Image-2022-02-01-at-10.25.13

ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކޮށްފައިވާ އައު ރަންވޭ އަންނަ ހަފްތާގައި ބޭނުންކުރާނެ ކަމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފި އެވެ.

ޝަރީ 2024

ރާއްޖޭގެ އޮންލައިން ނޫސް " ވަގުތު " އަށް އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަންނަ ހަފްތާގައި އައު ބޭނުންކުރަން ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށާއި އެގޮތުން އޮކްޓޯބަރު 6 ވަނަ ދުވަހު ރަސްމީކޮށް ރަންވޭ ހުޅުވުމަށް ފަހުގެ ތައްޔާރީތަށް ވަމުން އަންނަ ކަމަށެވެ.

އެއާޕޯޓް ހުޅުވުމުގެ ފަހުގެ ތައްޔާރީތަށް އެމްއޭސީއެލުން ވަމުން އަންނަ އިރު މިދިޔަ ހަފްތާގައި ވަނީ އެ ރަންވޭ އަށް ބޭނުންވާ މުހިންމު ވަސީލަތެއް ބޭނުންކުރެވޭ ހާލަތަށް ގެނެސްފައި އެވެ. އެގޮތުން ވަނީ އާ ރަންވޭގައި މަތިންދާބޯޓު ޖައްސަން އެހީތެރިވެދިނުމަށް ގާއިމްކުރާ "އިންސްޓްރޫމެންޓް ލޭންޑިން ސިސްޓަމް" (އައިއެލްއެސް) ބަހައްޓައި ޓެސްޓު ކޮށްފައި އެވެ. މި އަހަރުގެ ކުރީކޮޅު ބައެއް އެއާލައިންތަކާ ގުޅިގެން އެ ސިސްޓަމް ޓެސްޓުކުރުމުގެ މަސައްކަތް ވެސް އެމްއޭސީއެލް އިން ކޮށްފައިވެ އެވެ.

އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އެ ރަންވޭ އަށް އެންމެ ބޮޑެތި ބޯޓު، އޭ380 ގެ ބޯޓުތަކަށް ވެސް ޖެއްސޭނެ އެވެ.

އާ ރަންވޭއާ އެކު މިހާރު ބޭނުންކުރާ ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭ އަކަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ